ads
އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ފައިސާ ޗަމްޕާ ބްރަދާސް އަށް ނުލިބޭ: އޭސީސީން
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޗަމްޕާ ބްރަދާސް ޕްރައިވެޓް ލިމިޑެޓަށް ނުލިބޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައިފި އެވެ.

އެ ހިޔާނާތުގައި ޗަމްޕާ ބްރަދާސް އިން ބައިވެރިވި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު ނިންމި ނިންމުމުގައި ބުނި ގޮތުގައި، މި މައްސަލާގައި އެ ކުންފުނިން ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ކުށެއްގައި ބައިވެރިވި ކަން ސާބިތުވާ މިންވަރަށް އެއްވެސް ހެއްކެއް އަދި ގާރީނާއެއް ވެސް ފެނިފައިނުވާކަމަށެވެ. 

މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ ހުސެއިން އަފީފް އާއި މުހައްމަދު މޫސަ (އުއްޗު)ގެ ކުންފުންޏަށް ތުހުމަތުކުރީ، 2014-2015 އަހަރު އެމްއެމްޕީއާރުސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ހިޔާނަތްތެރިވެ، އެ ފައިސާ ބަހައިގެން ލިބުނު ފަރާތްތަކުގެ ތެރޭގައި އެ ކުންފުނިން ވެސް ހިމެނޭ ކަމަށެވެ.

އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެކި މީސްމީހުންނަށް ދީފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް މެދުވެރިކޮށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް