
މަސްތުތާކެތީގެ ދެ ދައުވާއެއް ސާބިތުގެ 30 އަހަރުގެ ޖަލު ހުކުމެއް އިއްވީ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ. އެއީ ދެކުނުގެ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމުގެ ތުހުމަތުވާ މީހެކެވެ.
އޭނާގެ މައްޗަށް ސާބިތުވީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނެބިސް ޕެޑުލްކުރުމުގެ ދައުވާ އެވެ. މީގެ ކުރިންވެސް ޖިނާއީ އެހެން މައްސަލަތަކެއްގައިވެސް އެ މީހާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.
ދެ މައްސަލައިގެ ތެރެއިން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާތީ އޭނާގެ 25 އަހަރަށް ޖަލަށް ލުމާ އެކު، 100،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ. ކެނެބިސްގެ ދައުވާ ސާބިތުވެފައިވާތީ އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 15،000ރ. ގެ ޖޫރިމަނާއެކެވެ.
ދެ ދައުވާ ސާބިތުގެ 30 އަހަރުގެ ހުކުމެއް އިއްވި މި މައްސަލައަކީ މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ސައުތު ޑްރަގު އެންފޯސްމެންޓް ޓީމުން ތަހުގީގުކުރި މި ބާވަތުގެ ފުރަތަމަ މައްސަލަ އެވެ.
މި މައްސަލައިގައި، ކުށް ސާބިތި މީހާގެ ކޮޓަރި ފާސްކުރި އިރު މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރުމަށް ގެންގުޅޭ ގިނަ އަދަދެއްގެ ސާމާނު ފެނިފައިވެ އެވެ. އަދި، 29،000ރ. ވެސް ފެނިފައިވެ އެވެ. ނަމަވެސް އެ ފައިސާއަކީ އޭނާގެ މަންމަގެ ފައިސާތަކެއް ކަމަށް ޝައްކު އުފެދިފައިވާތީ އެ ފައިސާތައް ދައުލަތަށް ނެގުމަށް މި މައްސަލާގައި އަމުރެއް ނުލިބުނެވެ.