ads
އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފަހުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައި - ފޮޓޯ:އުރީދޫ
އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް
ރާއްޖޭގެ ހަތަރު ސިޓީ ހިމެނޭހެން ބޭއްވޭ އެންމެ ބޮޑު މަސް ބޭނުމުގެ މުބާރާތް - އުރީދޫ މަސްރޭސް 2023 ބައިވެރިވުމުގެ ފަހުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ދީފިއެވެ.
Advertisement

އުރީދޫން ބުނީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް އުރީދޫ މަސްރޭސް 2023 ގައި ބައިވެރިވުމުގެ ފަހުގެ ފުރުސަތެއްގެ ގޮތުން މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސްރޭސް އޯގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށް އެ ކުންފުނިން ބުނެއެވެ. 

"އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭގޮތަށް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ،" -އުރީދޫ

your imageއުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފަހުގެ ފުރުސަތު ވަނީ އިތުރުކޮށްފައި - ފޮޓޯ:އުރީދޫ

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނެފައިވަނީ ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ކޮންމެ ބައިވެރިއަކަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށާއި ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރި އާއި ޓީޝާޓެއް ކަމަށެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެންބަރުން ތިބެންވާނެ ކަމަށް އުރީދޫން ބުނެއެވެ.

ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެވަނަ ޓީމް: 10،000 ރުފިޔާ
  • ތިންވަނަ ޓީމް: 5،000 ރުފިޔާ
  • އެންމެ މޮޅު މަސްވެރިޔާ: 1،000 ރުފިޔާ
  • އެންމެ މޮޅު ފިޝަވުމަން: 1،000 ރުފިޔާ

މި މުބާރާތް ސިޓީތަކުގައި ފެށުމަށް ހަމަޖެހިފައިވަނީ:

  • މާލެ ސިޓީ: 4 އޮގަސްޓް
  • ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް
  • އައްޑޫ ސިޓީ: 18 އޮގަސްޓް
  • ފުވައްމުލައް ސިޓީ: 25 އޮގަސްޓް

އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުންވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާއިރު ގިނަވެގެން 30 ޓީމު ވާދަކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓަވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. މުބާރާތަށް ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

your imageއުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފަހުގެ ފުރުސަތު ވަނީ އިތުރުކޮށްފައި - ފޮޓޯ:އުރީދޫ

އުރީދޫ މަސްރޭސް 2023 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސްއިން މަރުހަބާ ކިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް