ads
ކުޅުދުއްފުށި ހޮސްޕިޓަލް...........
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކީމޯ ތެރަޕީގެ ހިދުމަތް ފުރަތަމަ ފަހަރަށް ފޯރު ކޮށްދީފި!
ކެންސަރު ބަލީގެ ފަރުވާ އެއް ކަމަށްވާ ކީމޯ ތެރަޕީ ފުރަތަމަ ފަހަރަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހަކަށް ދީފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެފަރުވާ ދީފައިވާއިރު، މިއީ އަތޮޅު ތެރޭގެ ހޮސްޕިޓަލް ތަކަށް ސިއްހީ ހިދުމަތް ފޯރު ކޮށްދެއްވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭން ހުޅުވުނު ފުރުސަތެކެވެ. ކުޅުދުއްފުށީ ހޮސްޕިޓަލު މީޑިޔާ އޮފިޝަލް މުހައްމަދު މޫސާ "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކީމޯގެ ހިދުމަތް މިހާރު ފޯރު ކޮށްދެވިފައިވާ ކަމަށާއި، އެއީ ކާމިޔާބު ހިދުމަތެއް ކަމަށެވެ.

ތިނެއް ޖުލައިގައި ކީމޯގެ ހިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަކުގައި ފައްޓާފައިވާއިރު، މި ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ބައެއް ހޮސްޕިޓަލުތަކުގައިވެސް ވަނީ ދީފައެވެ. ކީމޯތެރަޕީއަކީ ކެންސަރުގެ ސެލްތައް ނައްތާލުމަށް ބޭނުންކުރާ ފަރުވާއެކެވެ. މި ފަރުވާގެ ސަބަބުން ކެންސަރުގެ ސެލްތައް ބޮޑުވުމުން ދުރުކޮށްދެއެވެ.

މިފަރުވާ ކުޅުދުއްފުށީ ހޮސްޕިޓަލުގައި، މިއީ ގާއިމު ކުރެވުނު ފުރަތަމަފަހަރު ކަމަށް މުހައްމަދު ވިދާޅުވިއެވެ. އިތުރަށް މުހައްމަދު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލަކީ އަތޮޅުގެ ވަރަށް ގިނަ ބަލީ މީހުން ޒިޔާރަތް ކުރާ ހޮސްޕިޓަލެއް ކަމަށާއި، އަދި ހއ. އަތޮޅުގެ އިތުރުން ކައިރި ބައެއް ރަށްރަށުން ވެސް ބަލިމީހުން އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ކަމަށެވެ.

ކީމޯގެ ފަރުވާ ފުރަތަމަ ފަހަރަށް ލިބިގަތުމަށް، ކުޅުދުއްފުށީ ހޮސްޕިޓަލަށް ގޮސްފައިވަނީ ހއ. ހޯރަފުށީ ފަރާތެކެވެ. އެ ފަރާތުން "ސީއެންއެމް" އަށް ބުނީ މާލެ ނުގޮސް ރަށާއި ކައިރިން އެ ހިދުމަތް ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށާއި، އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ރަށާއި ކައިރިން ފަރުވާގެ ހިދުމަތް ލިބުމުން މާލެ އަށް ކުރަން ޖެހުނު ދަތުރު ނިމުމަކަށް އައިސްފަވާ ކަމަށާއި، މިއީ މީގެ ކުރިން ކުރަމުން އައި ހަރަދަށާއި، ޖީބަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް