ads
އަލީ ހާފިޒް: ފޮތޯ އެމްއެންޔޫ
ގިނަބައެއްގެ އެހީތެރިކަމާއެކު ހާފިޒު ފަރުވާއަށް ގެންދަން އެއާ އެންބިއުލާންސެއް ހިފައިފި
މިދިޔަ މަހު 27 ވަނަ ދުވަހު ފަތިސް ނަމާދުން ނުކުތްތަނުން އެކްސިޑެންޓުވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހާފިޒް ބޭރަށް ގެންދިއުމަށް ގިނަބައެއްގެ އެހީތެރިކަމާއެކު އެއާ އެންބިއުލާންސެއް ލިބިއްޖެކަމަށް އާއިލާއިން މިއަދު ހާމަކޮށްފިއެވެ.

އާއިލާ އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެހީތެރިކަަމަށް އެދި ސޯޝަލް މީޑިއާގައި ހުޅުވާލުމާއެކު ގިނަބަޔަކު ވަނީ އެހީތެރިވެފައެވެ. 

"އާއިލާއާ އެކުވެރީންނާއި އެމްއެންޔޫގެ މުވައްޒިފުންނާއި ދަރިވަރުން އާންމު ރައްޔިތުން އަދި ސަރުކާރުގެ އެހީތެރިކަމުގައި އެއާ އެމްބިއުލާންސް އެއްގައި ރާއްޖެއިން ބޭރަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިއްޖެ،"

އޭނާ އެކްސިޑެންޓުވެ 40 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެންގޮސް ނުރައްކާތެރި އަނިޔާތަކެއް އެނާއަށް ވަނީ ލިބިފައެވެ. އޭނާއަށް ފަރުވާދެމުން ގެންދިޔައީ އޭޑީކޭގައެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. ސައިކަލު ދުއްވަން އިން 22 އަހަރުގެ ޒުވާނާއަށް ވެސް އެކްސިޑެންޓުގައި އަނިޔާތަކެއް ލިބުނެވެ. 

ސައިކަލު ދުއްވަން އިނީ ލައިސަންސު ނެތް މީހެއްކަމަށާއި، އެނާ މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. 

31%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް