ads
ދީނަށް ފުރައްސާރަކޮށް ބޭއްވި އެއްވުމެއްގައި ދިވެއްސަކު ބައިވެރިވެގެން
އިސްލާމް ދީނަށް ފުރައްސާރަކޮށް ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދައާއެކު
އިސްލާމް ދީނަށް ފުރައްސާރަކޮށް ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދައާއެކު ބައިވެރިވެ، އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަމިއްލައަށް ހިއްސާކޮށްފިއެވެ.

ޓުވިޓާގައި "އާދަރަ ޒެވާން" ނަމުގައި ހަދާފައިވާ އެކައުންޓަކުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަނީ އެއްޖިއްސުން ގުޅުން ހިންގުމަށާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ﷲ އަށް ހުތުރު ބަސްތައް ރައްދުކޮށްފައިވާ ޕޯސްޓަރު ތަކާއެކު އެމީހުން ލަންޑަނުގައި މުޒާހަރާކުރާތަނެވެ. 

އާދިއްތަ ދުވަހު ބޭއްވި މުޒާރާގެ ފޮޓޯތަކުގައި އެއްޖިންސުންގުޅުން ހިންގާ މީހުން ޕްރޮމޯޓުކޮށް ގެންގުޅޭ "ރެއިންބޯ ފްލެގް" ތަކާއެކު މީހުން ހިނގާމަންޒަރު ފެނެއެވެ. 

ޝޯޝަލް މީޑިއާގައި ފޮޓޯތައް އަންމުކުރި ޒުވާނާ ބުނެފައިވަނީ އޭނާއަކީ "އެކްސް މުސްލިމެއް" (ކުރިން މުސްލިމެއް) ކަމަށެވެ. އަދި އޭނާ މުޒާހަރާކޮށްފައިވަނީ އެއްޖިންސުން ގުޅުންހިންގާ މީހުންނާ ދެކޮޅު ހަދާ ސަރުކާރުތަކާއި، ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ޔޫރަޕުން އެކިގޮތްގޮތުން ކުރާ ހޭދަ ހުއްޓުވުމަށް ކަމަށް ބުނެއެވެ. 

އެމީހުންގެ މުޒާހަރާގައި އިރާނުގައި އަންހެން ކުދިންނަށް ދެމުން ގެންދާ އަނިޔާތަކާ ދެކޮޅަށް ވެސް އަޑުއުފުލިކަމަށް އޭނާ ބުނެފައިވެެއެވެ. 

9%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
85%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް