ads
ޝިފާގެ ސަޕޯޓަރުންނާއެކު ހަނިމާދޫ ގައި
ހަނިމާދޫ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ: ޝިފާ
ހދ. ހަނިމާދޫ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެކަމަށް މަޝްހޫރު ފިލްމީތަރި ޝިފާ ބުނެފިއެވެ.

ޝިފާ މިހެން ބުނެފައިވަނީ ހަނިމާދޫއަށް އޭނާ ދިއުމުން ލިބުނު ބޮޑު ތަރިހީބުގެ ސަބަބުންކަމަށް ބެލެވެއެވެ. 

އޭނާގެ ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާ ފޮޓީތަކުން ފެންނަނީ އަލްހާއީދުގެ ޝޯއަކަށް ޝިފާކޮށް ހަނިމާދޫގައި ޕާފޯމްކުރާތަނެވެ. އޭނާ އެރަށަށް ގޮސްފައިވަނީ 'ބިޑަބިން' ގުރޫޕާއެކުއެވެ. 

ފޮޓޯތަކުން ފެންނަގޮތުން ހަނިމާދޫގެ ގިނަބަޔަކު ޝިފާއަށް މަރުހަބާކިޔައި، އޭނާއާ ސަލާކޮށް އޭނާއާ އޮޅުލާހަދާފައިވެއެވެ. 

"މިއީ އަހަރެން ހަޔާތުގައި އަބަދުވެސް ހަނދާންކުރާނެ ދުވަހެއް،" ހަނިމާދޫއިން ލިބުނު ބޮޑު ތަރުހީބާ ގުޅުވައިގެން ޝިފާ ބުންޏެވެ. 

ހަނިމާދޫގެ އިތުރުން ބައެއް އެހެން ރަށްރަށުގައިވެސް މިއަހަރުގެ އީދު ފާހަގަކުރުމަށް ބޭއްވި ބައެއް ހަރަކާތްތަކުގައި ޝިފާ ވަނީ ބައިވެރިވެފައެވެ. އެގޮތުން ނ. ވެލިދޫ އަދި ބ. ދަރަވަންދޫގައި ޝިފާ ވަނީ މި އީދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެފައެވެ. 

34%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް