މިއަދު ބާއްވަން ތާވަލް ކުރި އަޑުއެހުން ކެންސަލްކުރީ، ޔާމީނާ އެކު ދައުވާލިބޭ އަހުމަދު ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވެވެން ނެތްކަމަށް އެންގުމުންނެވެ. މީގެ ކުރިން ވެސް މިމައްސަލައިގެ އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނީ ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ.
ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މިމައްސަލައިގައި ދައުލަތުން ދައުވާ ކުރެއެވެ.
މިއަދުގެ އަޑުއެހުން ކެންސަލްވި ނަމަވެސް މިހާރު ވެސް މިމައްސަލައިގެ ގިނަ އަޑުއެހުންތަކެއް ގާތްގާތުގައި ކުރިއަށް ގެންދަން ތާވަލް ކޮށްފައި އެބައޮތެވެ. ބުރާސްފަތި ދުވަހުގެ އިތުރުން މިމަހުގެ 9، 11 އަދި 13 ވަނަ ދުވަހަށް ވެސް މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފައި އެބައޮތެވެ.