ދައުލަތުގެ ބުނެފައި ވަނީ ތަހުގީގު މަރުހަލާގައި ތަހުމީނު ހަނު ހުރެފައިވާ ކަމަށެވެ. ސުވާލު ކުރުމުން ތަނުގައި ނެތް ކަމުގެ ދިފާއު ނަގައި، ހެކިންގެ ނަންތައް ހާމަކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ތަހުމީނު ބުނަނީ ތަހުގީގު މަރުހަލާގައި އޭނާއަށް ގާނޫނީ އިންޒާރު ދިންއިރު ހާދިސާ ހިނގި ތަނާއި ވަގުތު ބުނެދީފައި ނުވާ ކަމަށެވެ. އެހެންކަމުން ތަނުގައި ނެތް ކަމުގެ ދިފާއު އެވަގުތު ނެގޭނެ ގޮތެއް ނެތް ކަމަށެވެ.
ތަހުމީނުގެ އިތުރުން ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.
މޭ 6 ހަމަލާ އާއި ގުޅިގެން ދައުވާކުރަން ފޮނުވި 5 މީހުން