ތިން ބިލިއަން ރުފިޔާގެ ޓީ ބިލް ފިނޭންސް މިނިސްޓްރީން ވިއްކައިފި
މުހައްމަދު އަތީފް
04 ޖުލައި 2023 - 12:20:04
ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ތިން ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި 3.06 ބިލިއަން ރުފިޔާގެ ޓީ ބިލް ވަނީ ވިއްކާފައެވެ. އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ވިއްކާފައިވަނީ:
- 28 ދުވަހުން އަނބުރާ ދެއްކުމަށް - 948 މިލިއަން ރުފިޔާގެ ޓީ ބިލެއް
- 98 ދުވަހުން ދެއްކުމަށް - 230 މިލިއަން ރުފިޔާގެ ޓީ ބިލެއް
- 183 ދުވަހުން ދެއްކުމަށް - 119 މިލިއަން ރުފިޔާގެ ޓީ ބިލެއް
- 364 ދުވަހުން ދެއްކުމަށް - 1.76 ބިލިއަން ރުފިޔާގެ ޓީ ބިލެއް
ފިނޭންސް މިނިސްޓްރީން ވިއްކި ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާ ދެމެދުގައެވެ.
ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރިގޮތް:
- 948 މިލިއަން ރުފިޔާގެ ޓީ ބިލް - 3.50 އިންސައްތަ
- 230 މިލިއަން ރުފިޔާގެ ޓީ ބިލް - 3.87 އިންސައްތަ
- 119 މިލިއަން ރުފިޔާގެ ޓީ ބިލް - 4.23 އިންސައްތަ
- 1.76 ބިލިއަން ރުފިޔާގެ ޓީ ބިލް - 4.60 އިންސައްތަ
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓީ ބިލާއި ބޮންޑަށް ސަރުކާރުން ދައްކަން ޖެހޭ އަދަދު 73.6 ބިލިއަން ރުފިޔާއަށް އަރައެވެ.
އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.
0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް