ads
މަގޭ ލޯބިވާ ކަނޑު
ދެކުނުކޮރެއާ ކުރެހުމުގެ މުބާރާތެއްގައި ރާއްޖޭގެ ކުޑަކުދިންނަށް ފުރުސަތުދެެނީ
ދެކުނު ކޮރެއާއިން އިންތިޒާމްކޮށްގެން ބާއްވާ "ހިއުމަން އިން ލަވް" ތިމާވެށިގެ ކުޑަކުދިންގެ ކުރެހުމުގެ މުބާރާތުގައި ރާއްޖޭގެ ކުދިންންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުމުރުން ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.

މި މުބާރާތުގެ ތިން ޝިއާރުގެ ތެރެއިން، މުބާރާތުގައި ބައިވެރިވާ ކުދިން ބޭނުންވާ ޝިއާރެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބިފައި ވެއެވެ.އެގޮތުން، މުބާރާތުގެ ތިން ޝިއާރަކީ:

- އަހަރެންގެ ލޯބިވާ ކަނޑު/ މައި ބިލޮވެޑް އޯޝަން

- ކަނޑު އަދި އަހަރެންގެ ހުވަފެން/ ދި އޯޝަން އެންޑް މައި ޑްރީމް

- ދުނިޔެ އާއި ކަނޑު ހިމާޔަތް ކުރަމާ/ ޕްރޮޓެކްޓް ދި އޯޝަން އެންޑް ދި އާތް

މި މުބާރަތަކީ ދެކުނު ކޮރެއާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ހިއުމަން އިން ލަވް" އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މި ޖަމިއްޔާގެ ވެބްސައިޓުގައި ވާގޮތުން ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުތައް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމުން، މިކަންކަން ގިނަ ބައެއްގެ ސަމާލުކަމަށް ގެނައުމުގެ މަގު ފަހިވާނެއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅު ކުރާނީ އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް