އައްޒަބުނީ އޭނާގެ ނިފަތި ތަކުގައި ކުލަޖައްސާފައިވަނީ "ގްލިޓްޒީ ސެލޫން" އިން ކަމަށެވެ.
އޭނާ ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ އެނާގެ އެކި އިނގިލީގައި އެކި ކުލަ ޖައްސައި، ކޮންމެ އިނގިއްޔެއްގައިވެސް ނަލަކުރުމުގެ ގޮތުން ޕޮކާ ޑޮޓްސް ޖަހައިގެން ޒީނަތްތެރިކޮށްފައިވާ ތަނެވެ.
އައްޒަގެ އީދު ނިޔަފަތިތައް
އައްޒަ ވަނީ އީދު ފާހަގަކުރުމަށް ބައެއް ތަރިންނާއެކު ރ. މާކުރަތަށް ދަތުރުކޮށްފައެވެ. އެރަށަށް އައްޒަ އާއެކު ދަތުރުކުރި ތަރިންގެ ތެރޭގައި ފަރީލާ ، ޖާދު އަދި ކުޑަ ސޮބާ ހިމެނެއެވެ. އައްޒަ ބުނީ މަޖާބަޔަކާއެކު މަޖާ އީދެއް ރޭ ނިންމާލާފައިވާކަމަށެވެ.