ads
އަބްދުﷲ ޝާހިދު އަދި ރައީސް ސާލިހު: ފޮޓޯ ޕީއެސްއެމް
ރައީސްގެ ފޯމިއުލާ ހޯދަން އުޅޭ ގައުމުތައް ސިއްރުކުރަން ފޮރިން މިނިސްޓްރީން ހައިކޯޓަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ "ފޯމިއުލާތައް" ހޯދަން އުޅޭ ގައުމުތައް ސިއްރުކުރަން ފޮރިން މިނިސްޓްރީން ހައިކޯޓަށް ގޮސްފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، މިއަހަރުގެ ޖެނުއަރީމަހު ފޮރިން މިިސްޓަރު އަބްދުﷲ ޝާހުދު ރައީސް ސާލިހުގެ ޕްރައިމަރީ ކެންޕޭނު ޖަލްސާއެއްގައި ދެއްކެވި ވާހަކަ ފުޅަކާ ގުޅިގެންނެވެ.

އެ ވާހަކަފުޅުގައި އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ "ރައީސް ސާލިހުގެ ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅޭ،" ކަމަށެވެ. އެ ފޯމިއުލާއަކީ ދިވެހިރާއްޖޭގައި ކޮވިޑު ކޮންޓްރޯލް ކުރުމުގައި ރައީސް ޞާލިހު ބޭނުންކުރެއްވި ފޯމިއުލާއެއް ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވެއެވެ.

ޝާހިދު ވިދާޅުވާ ގައުމުތަކަކީ ކޮބައިކަމާ އެ ގައުމުތަކުގެ ވެރިންގެ ނަން ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނޫހަކުން ފޮރިން މިނިސްޓްރީގައި އެދުމުން، މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅު އެ މިނިސްޓްރީން އެންމެ ފުރަތަމަ ދެކޮޅުހެދިއެވެ. 

މިނިސްޓްރީން އޭރު ބުނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ލިބޭ ލިޔުންތަކަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އަދި ވިއޭނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސް (1963) ގެ ދަށުން ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ލިޔުންތަކެއްކަމަށެވެ. 

ފޮރިން މިނިސްޓްރީ އިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން މިދިޔަ އޭޕްރީލް މަހުގެ 25 ގައި ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެފައިވަނީ "މިނިސްޓްރީން ބުނީ ދެ ކޮންވެންޝަންގައި ހިމާޔަތް ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އެ މައުލޫމާތު ހިމެނޭ ކަމަށް ނުފެންނަ" ކަމަށެވެ.

އަދި ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަކުރަން މިނިސްޓްރީއަށް އޭރު އެންގިއެވެ. 

އެކަމަކު ފަސް ދުވަހުގެ މުއްދަތު ހަމަވީ އިރު، އަދިވެސް ފޮރިން މިނިސްޓްރީން އެ މައުލޫމާތު ހިއްސާކޮށްފައިނުވާކަމަށް މައުލޫމާތު ހޯދަން އެދުނު ނޫހުން ވަނީ ބުނެފައެވެ. އަދި އެ ނޫހުން މިއަދު ބުނެފައިވަނީ މައްސަލަ އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅާފައިވާކަމަށެވެ. 

މި މައްސަލައިގައި ފޮރިން މިނިސްޓްރީން އަދި ބަހެއް ނުބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް