ads
ޓޫރިޒަމް މިނިސްޓަރ ޑރ.މައުސޫމް ސީއެންއެމްއަށް މިއަދު އިންޓަރވިއު ދެއްވަނީ- ފޮޓޯ: ރިލްވާން މޫސާ
ފ.ނިލަންދޫ ފަޅުގައި ދެ ރިޒޯޓް މަސައްކަތް ވަރަށް އަވަހަށް ފެށޭނެ
ފ.ނިލަންދޫ ފަޅުގައި ދެ ރިޒޯޓް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ސީއެންއެމް ޓީވީ އަށް މިއަދު ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ މައުސޫމް ވިދާޅުވީ ފ.ނިލަންދޫ ފަޅުގައި ދެ ރިޒޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ކުރިއަށްގެންދިޔަ ކަމަށާއި، ބައެއް ކަހަލަ ދަތިތަކާއި، ދިމާވުމުގެ ސަބަބުން އެކަން ނުކުރެވި ލަސްވެފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ނިލަންދޫގައި ރިސޯޓު ހަދަން ކުރިން ދިމާވި ގޮންޖެހުމުގެ ތެރޭގައި ލީޒް އިކުއިޒިޝަން ކޯސްޓްގެ މިނިމަމް ވަރަށް އަގުބޮޑު ކަމަށާއި، އެހެން ނަމަވެސް މިވަގު އިތުރު ދެ އިންވެސްޓަރުންނާއި، މިނިސްޓްރީން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. 

"ލީޒް އިކުއިޒިޝަން ކޯސްޓްގެ މިނިމަމް އޭރު ވަރަށް އަގުބޮޑު. އެހެން ނަމަވެސް މިވަގު އިތުރު ދެ އިންވެސްޓަރުންނާއި، މިނިސްޓްރީން ވާހަކަ ދައްކަމުން މިދަނީ. މިކަން ކުރެވިދާނެ." މިނިސްޓަރު ވިދާޅުވި އެވެ. 

"ސީއެންއެމް" އަށް ޓީވީ އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު މިއަދު ވިދާޅުވީ ނިލަންދޫގެ ފަޅުތެރޭގައި ދެ ރިސޯޓު ތަރައްގީ ކުރުމަށްޓަކައި އެކަމުގައި ނިލަންދޫ ރައްޔިތުން ދެކޭ ގޮތުގެ ހިޔާލުވެސް ހޯދާފައިވާ ކަމަށެވެ. އަލީ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު މި މަސައްކަތް އަވަހަށް ފައްޓަންޖެހޭ ކަމަށާއި، ރައްޔިތުންގެ ސަޕޯޓުވެސް މިކަމުގައި އެބަ އޮތް ކަމަށެވެ. 

"މި ފަޅުގައި ރިސޯޓް ހަދަން ރައްޔިތުންގެ ހިޔާލުވެސް ހޯދައިފިން. ވަރަށް ސަޕޯޓިވް ކޮމަންޓްތައް ހުރީ. ދެން ޓޫރިޒަމް މިނިސްޓްރީގެ އެހީއާއެކު މިކަން ކުރަންވީ ހަމަ." އަލީ ވިދާޅުވި އެވެ. 

ބޮޑު ފަޅެއް އޮންނަ ނިލަންދޫ ފަޅު ތެރޭގައި މީގެ ކުރިން އެއާޕޯޓެއް އެޅުމަށްވެސް ނިމިދިޔަ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިކަމަށްޓަކައި ކުރަންޖެހޭ ބައެއް ސާވޭ ތަކުގެ މަސައްކަތްވެސް ކުރެވި މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސް ވުމެއްގައިވެސް މީގެ ކުރިން ސޮއިކޮށް ކުރެހުންތައްވެސް އެކުލަވާލާފައިވެއެވެ.  

އެހެން ނަމަވެސް މިވަގު އެއާޕޯޓުގެ މަސައްކަތް ވަނީ ފ.މަގޫދޫގައި ފަށާފައެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް