ads
ސިނަމާލެ ބުރިޖު ފޮޓޯ އައްޑޫލައިވް
ވައި ގަދަވެ ބުރިޖުގައި ހުރި ސޯލާ ޕެނަލްތައް ވިއްސައިގެންގޮސްފި
މޫސުން ގޯސްވެ ވައިގަދަވެގެން ސިނަމާލެ ބުރިޖު މަތީގައި ހަރުކޮށްފައިވާ ބައެއް ސޯލާ ޕެނަލްތައް ވިއްސައިގެން ގޮސްފިއެވެ.

މިގޮތުން ހަތަރު ސޯލާ ޕެނަލެއް ވިއްސައިގެން ގޮސްފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު ވަނީ މިއަދު ވިދާޅުވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 ކިލޯމީޓަށްވުރެ ވައި ގަދަވުމަކީވެސް އެކަށީގެންވާކަމެއްކަމަށް ބުނެއެވެ. 

ސޯލާ ޕެނަލްތައް އަންނަ މަހު ބޭނުންކުރަން ފަށާނެ:

ހައިވޭއާއި ހުޅުމާލޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އަންނަ އޮގަސްޓްމަހު ކަރަންޓް އުފެއްދުމަށް މަސައްކަތް ފަށާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މި ފެށޭ ޖުލައިމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ. 

ސަރުކާރުން  ބުނެފައިވަނީ،  ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނުވަތަ ޖީޑީޕީ 10 އިންސައްތަ ނުވަތަ 8 ބިލިއަން ރުފިޔާ ހަކަތަ ނުވަތަ ތެލުގެ އެކި ބާވަތްތައް އިމްޕޯޓްކުރުމަށް ހޭދަކުރާކަމަށެވެ. 

ސަރުކާރުގެ އަަމާޒަކީ 2030 ވަނަ އަހަރާއި ހަމައަށް ދިވެހިރާއްޖެއިން އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމެވެ.

ވޯލްޑް ބެންކުގެ އެހީގައި ކުރިއަށްގެންދާ "އެސްޕަޔަ" މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްރަށުގެ ކަރަންޓް ވިއުގަތަކަށް ޒަމާނީ ފެންވަރަށް ތަރައްްގީކުރުމަށް ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 17.5 މެގަ ވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރާނެއެވެ.

ވޯލްޑް ބެންކުން ލަފާކުރާ ގޮތުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން ކުރިއަށް އޮތް 25 އަހަރު ތެރޭގައި ރާއްޖެއިން ތެލަށް ކުރާ ހޭދަ 750 މިލިއަން ޑޮލަރުން، 30 މިލިއަން ޑޮލަރަށް ކުޑަވެގެންދާނެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް