ads
ސެއިލް ދަ ސީސް އޮފް ޓައިމް: ތައުސަންޑްސް އޮފް އިޔަސް އޮފް މޯލްޑިވިއަން ހިސްޓްރީގެ ނަމުގައި ބޭއްވި ވޯކްޝޮޕް - ފޮޓޯ:އެމްއެމްޕީއާރުސީ
ރާއްޖޭގެ ތާރީހާއި ތަރިކަ އާ ބެހޭ ސެޝަނެއް ބާއްވައިފި
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން 'ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލާސް ކޮންފަރެންސް 2023' ގެ 'ސެއިލް ދަ ސީސް އޮފް ޓައިމް: ތައުސަންޑްސް އޮފް އިޔަސް އޮފް މޯލްޑިވިއަން ހިސްޓްރީ' ގެ ނަމުގައި ރާއްޖޭގެ ތާރީހާއި ތަރިކަ އާ ބެހޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ސެޝަނަކީ އެ ކޮންފަރެންސްގައި ބޭއްވި ތިން ވޯކްޝޮޕްގެ ތެރެއިން އެއް ވޯކްޝޮޕް ކަމަށެވެ. އެ ވޯކްޝޮޕްގައި ބައިވެރިން ވަނީ ކާބަފައިންގެ ޒަމާނަށް 'ދަތުރުކޮށް'، އެކި ޒަމާންތަކުގެ އަޖައިބުކުރުވަނިވި ކުލަތަކާއި ތަފާތު ރާގުތަކާއި ޝައުގުވެރިވާފަދަ ވާހަކަތައް ތަޖުރިބާކޮށްފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނެފައިވަނީ އެ ސެޝަނުގައި ހާއްސަ ރަސްމިއްޔާތުތަކަށް ބޭނުން ކުރާ ކުރީގެ ފޭއްޔާއި ދިވެހި ލިބާހާއި މިހާރު ގެންގުޅޭ ފޭއްޔާއި ލިބާސްތަކުގެ ތަފާތުތައް ބައިވެރިންނަށް ދައްކާލައި ކިޔާދެވުނު ކަމަށެވެ. ސެޝަނުގައި ރާއްޖޭގެ ސަގާފީ ހެދުން އެޅުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނު ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ ބައިވެރިން ވަނީ ކަސަބުވިޔާތަން ބަލާލައި ރާއްޖޭގެ ދުވަސްވީ މަސައްކަތްތެރިކަމުގެ ހުނަރު ބަލާލާފައި ކަމަށެވެ.

your imageރާއްޖޭގެ ތާރީހާއި ތަރިކަ އާ ބެހޭގޮތުން ބޭއްވި ވޯކްޝޮޕް - ފޮޓޯ:އެމްއެމްޕީއާރުސީ

ސަގާފީ ބްރޭކްއައުޓް ސެޝަނުގެ ހައިލައިޓެއްގެ ގޮތުގައި ރާއްޖޭގެ އެންމެ މަގުބޫލު އެއް ވާހަކަ ކަމަށްވާ ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކަ، ލައިވް ރޯލްޕްލޭ އާއެކު ބައިވެރިންނަށް ގެނެސްދެވުނު ކަމަށާއި ޖީލުތަކެއް ވަންދެން އަނގަބަހުން ފޯރުކޮށްދެމުން އައި އެ ވާހަކަ ތަމްސީލުކޮށްދިނީ ވަރަށް ޝައުގުވެރިކަމާއި ޖަޒުބާތާ އެކު ހުނަރުވެރި އެކްޓަރުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ސެޝަނުގެ ބައިވެރިންގެ އެދުންތައް ރުކު ފަނެއްގައި ލިޔެ ކްރޮސްރޯޑްސްގެ ފަޅުތެރޭގައި އިންދާފައިވާ ކަމުގައެވެ. ނަސީބާއި ތަނަވަސްކަން ގެނެސްދޭކަމަށް ބެލެވޭ އެ ހަރަކާތަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ގަދީމީ ސަގާފަތާ ގުޅެން ބައިވެރިންނަށް ލިބުނު އުފާވެރި ފުރުސަތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެމްއެމްޕީއާރުސީން ބުނީ ސެޝަން ނިންމާލުމުގެ ކުރިން ހެދިކާ އާއެކު މީރު ދިވެހި ހުވަނދުމާ ސައި ބުއިމަށް ބައިވެރިންނަށް ދައުވަތުދީފައިވާ ކަމަށެވެ.

your imageރާއްޖޭގެ ތާރީހާއި ތަރިކަ އާ ބެހޭގޮތުން ބޭއްވި ވޯކްޝޮޕް - ފޮޓޯ:އެމްއެމްޕީއާރުސީ

އެ ކަލްޗަރަލް ބްރޭކްއައުޓް ސެޝަނަކީ ހަމައެކަނި ރާއްޖެ އާ ބެހޭ މައުލޫމާތު ހޯދުމަށް ބައިވެރިންނަށް ލިބުނު ފުރުސަތެއް ނޫން ކަމަށާއި އެ ސެޝަނުގައި އެ ކަންކަން ތަޖުރިބާކޮށް، ރާއްޖޭގެ ދުވަސްވީ ސަގާފަތާއި އަދުގެ ދިރިއުޅުމާ ގުޅޭ ހިސާބާއި ރާއްޖޭގެ ދިގު ތާރީހުގެ ކުލަތަކާއި އަޑުަތަކާއި ހިނގާފައިވާ މުހިންމު ހާދިސާތަކާ މެދު ވިސްނާލާ އަގުވަޒަންކުރުމަށް ބައިވެރިންނަށް ފުރުސަތު ލިބުނު ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް