ads
އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދީފައިވާކަމުގެ ލިޔުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަވާލުކޮށްދެއްވަނީ
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއަށް ކޮލެޖެއްގެ ދަރަޖަ ދީފި
2005 ވަނަ އަހަރު އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމް.އައި.ޓީއަށް ކޮލެޖެއްގެ ދަރަޖަ ދީފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދީ، އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނެވެ.

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 

އެމްއައިޓީއަށް ކޮލެޖެއްގެ ދަރަޖަ ދިންއިރު މިތަނަކީ ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސިވިލް އިންޖީނިއަރިން، އިލެކްޓްރިކަލް އިންޖީނިއަރިން، މެކޭނިކަލް އިންޖީނިއަރިން، ޓޫރިޒަމް އިންޑަސްޓްރީ އަދި ޕްރޮފެޝަނަލް ޕްރޮގްރާމް ކޯސްތައް ހިންގާ އިންސްޓިޓުއުޓެކެވެ.

މީގެ އިތުރުންވެސް ވަޒީފާގެ މައިދާނަށް ބޭނުންވާ އެކި ކަހަލަ ހުނަރުތަކަށް ހާއްސަކޮށްގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ސްކޫލްތަކަށް އަމާޒުކޮށްގެން އެކިކަހަލަ ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމްތައްވެސް ހިންގަމުންދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް