ads
ސޯލާ ޕެނަލް ހަރުކުރުން
ވަޔާއިއެކު ދިޔައީ ހަރުނުކޮށް ހުރި ޕެނަލްތަކެއް އެކަމުގައި ނުރައްކަލެއް ނެތް: މިނިސްޓްރީ
ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ވިއްސައިގެން ނުދާ ކަމަށާއި ވިއްސައިގެން ދިޔައީ އަދި ހަރުނުކޮށް ހުރި ޕެނަލްތަކެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ހަލި މަގުގައި ގާއިމުކޮށްފައިވާ ސްޓްރަކްޗާގެ މޫދާވީ ފަޅީގައި ސޯލާ ޕީވީ މޮޑިއުލްސްތައް ހަރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ހަތަރު ޕެނަލެއް ވަޔާއެކު ވިއްސައިގެން ގޮސް މޫދަށް ދިޔަ ކަމަށެވެ. އަދި އެއްވެސް ޕެނަލަކީ ސްޓްރަކްޗަގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެ ޕެނަލްތައް މިހާރު ވަނީ މޫދުން ނަގައިފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިކަމާ ގުޅޭ ތަހުގީގެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިތުރަށް މަސައްކަތް ކުރިއަށް ދާނީ މަސައްކަތް ކުރުމުގައި އަޅަން ޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވޭތޯ ޔަގީން ކުރުމަށް ފަހު ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

"ހައިވޭގައި ދަތުރުކުރުމަށް ނުރައްކަލެއް ވާ ފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައި ނެތް." މިނިސްޓްރީން ވިދާޅުވި އެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑު ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމު ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.

އެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ މަހުގެ ތެރޭގައި ސޯލާ ޕެނަލުން ކަރަންޓު އުފައްދަން ފަށާނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް