ދަރުބާރުގޭގައި މިރޭ ކުރިއަށް ދިޔަ ޕްރެސް ކޮންފެރެންސްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަ ސެކެރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވަނީ އެކަން އިއުލާން ކުރައްވާފަ އެވެ.
މި ރޯގާގެ ސަބަބުން އިގްތިސޯދީ ގޮތުން އެންމެ ބޮޑަށް އަސަރު ކުރާނެ އެއް ގައުމަކީ ރާއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.
މިރޭގެ ޕްރެސްގައި މަބްރޫކް ވިދާޅުވީ އެމްއެމްއޭ އާއި އެހެން ބޭންކުތަކާ މަޝްވަރާކޮށްގެން ވިޔަފާރިތައް ސަލާމަތް ކުރުމަށް އެޅޭނެ ފިޔަވަޅުތައް ނިންމަމުން ދާނެ ކަމަށެވެ.