މިހާރު ވައިރަލްވަމުން އަންނަ ވީޑިއޯއިން ފެންނަނީ އެއްގަމުގައި ތިބި މީހުން މޫދުގައި ތިބި މީހުންނަށް ގޮވައި މިޔަރުން ސަލާމަތްވުމަށް އެއްގަމަށް އެރުމަށް އެދޭ މަންޒަރެވެ.
މިއާއެކު މޫދުގައި ތިބި މީހުންނަށްވެސް ބޮޑު މިޔަރުފެނި އެއްގަމަށް އެރުމަށް ތެޅިގަނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި މިޔަރު ދަތް އެޅުމުގެ ކުރިން އެންމެންވަނީ އެއްގަމަށް އަރާފައެވެ.
ފްލޮރިޑާ ބީޗަކީ މިޔަރު ހަމަލާ ދިނުމަށް މަޝްހޫރު ބީޗެކެވެ. މި ބީޗުގައި މީގެ ދުވަސްކޮޅެއް ކުރިން ވަނީ ކުޑަ އަންހެން ކުއްޖެއްގެ ފައިގައިވެސް މިޔަރެއް ދަތް އަޅާފައެވެ. އަދި ރާޅާއަރަން އުޅުނު މީހެއްގެ ކަނދުގައިވެސް ވަނީ މިޔަރު ދަތްއަޅާފައެވެ.