ads
އެކްސިޑެންޓުގައި އަނިޔާވި ހަފީޒް /ފޮޓޯ: ޤައުމީ ޔުނިވާސިޓީ
ހަފީޒު އެކްސިޑެންޓްވީ ބިރުން ސައިކަލާ ދިމާލަށް ދުއްވައިގަތުމުން: ޝަމްއާން
ހަފީޒުގައިގަ ސައިކަލުުން ޖެހުނީ އޭނާ މާބޮޑަށް ޕެނިކް ވެގެން ސައިކަލާއި ދިމާލަށް ދުއްވައިގަތުމުން ކަމަށްބުނެ ސައިކަލު ދުއްވަން އިން ޝަމްޢާން އަބްދުއްޝަކޫރު ބުނެފިއެވެ.
Advertisement

މަޢުލޫމާތު ލިބޭގޮތުގައި ޝަމްއާންގެ ފަރާތުން މިހެން ބުނެފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. 

ޝަމްޢާނުގެ ފަރާތުން އޭނާގެ ވަކީލު ވާހަކަދައްކާފައިވާއިރު، ވަކީލު ވިދާޅުވީ ޝަމްއާން ދުއްވަން އިން ސައިކަލުން ޖެހި ހަފީޒަށް އަނިޔާވިކަމަށް ޝަމްޢާން އިންކާރު ނުކުރާ ކަމަށެވެ.

މައްސަލަ ތަޙްޤީޤުކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވީ، ޝަމްއާން އަތުގައި ސައިކަލްދުއްވުމުގެ ލައިސަންސް ނެތްކަމަށާއި ސައިކަލު ދުއްވީ ބާރު ސްޕީޑުގައި ކަމަށެވެ. އަދި ބާރު ސްޕީޑުގައި ސައިކަލު ދުއްވިކަމަށް ޝަމްއާން އިޢުތިރާފުވާކަމަށެވެ.

ނަމަވެސް، ޝަމްޢާނަކީ ކުށުގެ ރެކޯޑު ހުރި މީހަކަށްވެފައި ސައިކަލު ދުއްވީ ލައިސަންސް ނެތި ބާރު ސްޕީޑުގައި ކަމަށްވާތީ، ފުލުހުން އެދިފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ.

ކުރިމިނަލް ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ. އޭނާ އެދުނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށެވެ.  

މަޖީދީމަގު ރެޑްވޭވްއާ ހިސާބުގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންއަށް މިހާރުވަނީ އެއާ އެންބިއުލާންސެއްގައި ގެންގޮސްފައެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް