ads
ރައީސް ނަޝީދުއާއި ރީކޯ މޫސަ
ޑިމޮކްރެޓްސް އަކީ ވާދަކުރާ ވަރަށް ވަރުގަދަ ބައެއް ނޫން: ރީކޯ މޫސަ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ވާދަކުރެވޭ ޕާޓީއަކަށް އޮތީ އިދިކޮޅު ޕީޕިއެމްއެކަނި ކަމަށާއި ރައީސް ނަޝީދުގެ ސަޕޯޓަރުން އުފެއްދެވި 'ދަ ޑިމޮކްރޭޓްސް' އަކީ ވާދަކުރާ ވަރުބައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާއަކުން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި "ޑިމްކޮރެޓްސް" އަކީ އެމްޑީޕީއަށް އޮތް ޗެލެންޖަކަށް ނުވާނެ ކަމަށާއި، އެއީ މިހާރު "ކައުންޓް" ކުރާ ބަޔެއް ނޫން ކަމަށެވެ. 

މޫސަ ވިދާޅުވީ އެމްޑީޕީން ވަކިވެގެންދިޔަ ބަޔަކަށް އެމްޑީޕީގެ "ފިކުރެއް" ނުދިރުވޭނެ ކަމަށެވެ. އެމްޑީޕީގެ ފިކުރަކީ ރައްޔިތުން ބަލައިގެންފައިވާ ފިކުރެއް ކަމަށާއި އެ ފިކުރު ދިރުވޭނީ އެޕާޓީއަށް އެކަނި ކަމަށް މޫސަ ވިދާޅުވިއެވެ.

ރަނގަޅު ހެއު އަގުލަބިއްޔަތަކުން މި ގާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ: މޫސަ

މޫސަ ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ވެސް ބޮޑުވަޒީރު ކަމަށްވެސް ކުރީގެ ރައީސް ނަޝީދަށް ދެން ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އެމްޑީޕީއަށް އަލުން ވަޑައިގަތުމުގެ ފުރުސަތެއް ވެސް ދެން ނެތް ކަމަށާއި، އެ ފުރުސަތު ނަޝީދަށް ދީފިނަމަ އެޕާޓީގައި ނުހުންނަވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް