ads
މެމްބަރު ފަލާހު .....
ކޮމެންވެލްތު ގައުމުތަކުން އިގްތިސާދު ރަނގަޅު ފަސް ގައުމުތެރޭގައި ރާއްޖެ ހިމެނޭ: ފަލާހް
ކޮމެންވެލްތު ގައުމުތަކުގައި ހިމެނޭ އިގްތިސާދު ރަނގަޅު ފަސް ގައުމު ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހު މިހެންވިދާޅުވީ ސީއެންއެމް ޓީވީގެ އިތުރުކާފް ޕްރޮގުރާމްގައި ސަރުކާރުގެ ބިންވެރިޔާ ސްކީމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުނެވެ.

ފަލާހު ވިދާޅުވީ މާލޭގެ ރައްޔިތުން ބިންވެރި ކުރުމަށް ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށްދާއިރު، އެތަނަކީ އިގްސާދީ ގޮތުންވެސް މަސައްކަތްތަކެއް ކުރެވޭނެ ތަނެއް ކަމަށެވެ. އެގޮތުން އެތަނުގައި ޓްރާންސިޓް ބަދަރެއްވެސް ހެދޭނެ ކަމުގައި ރައީސް ފާހަގަކުރައްވާފައިވާ ކަމަށެވެ. 

އަދި އެ ބިމަކީ ހަމައެކަނި ބިން ދޫކުރެވޭނެ ތަނެއްވެސް ނޫން ކަމަށާއި، އެތަނުން ލާރި ޖެނެރޭޓްވެސް ކުރެވޭނެ ގޮތްވެސް ހެދިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ދައުލަތަށް ލާރި ވަންނާނެ ގޮތްވެސް ހެދޭނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ މި ދައުރުގައި ދެ އަހަރު ގެއްލިގެން ދިޔައިރުވެސް ރައްޔިތުންނަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން ބޭނުންވާ ހިސާބަށް މިހާރު ދެވިފައިވާ ކަމަށެވެ.

"ކޮމެންވެލްތުގެ ގައުމު ތަކުގެ ތެރޭގެ ހިމެނޭ 52 ގައުމުގެ ތެރޭން ހިމެނޭ 5 ގައުމު ތެރޭގަ އަޅުގަނޑުމެންގެ ރާއްޖެ ވަނީ ހިމެނިފަ" ފަލާހު

އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ 40 އިންސައްތަ މީހުންނަށް ދައުލަތުން ވަޒީފާ ދީގެން އުޅޭ ގައުމެއް ރާއްޖެ ފިޔަވާ މަދުވާނެކަންވެސް ފާހަގަ ކުރެވޭ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް