ads
މޫކޭ ރައީސް ނަޝީދާއެކު
އާރްޑީސީގެ ހިޔާނާތުގެ މައްސަލަ އޮއްބައިލާނެ: ނަޝީދު
ނުފޫޒު ފޯރުވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އާރްޑީސީގެ ހިޔާނާތް ވެސް އޮއްބައިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި ކަމަށް މީޑިއާގައި ރިޕޯޓް ކުރުމުންނެވެ.

ޔާސިރުގެ އެކައުންޓަށް އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ ޖަމާވި މައްސަލަ ފުލުހަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ކަމަށް މައުލޫމާތު ލިބެއެވެ. އެމައްސަލައިގެ ތަހްގީގު ފުލުހުން ފެށި ނަމަވެސް އެތަހްގީގަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް އެފަދަ މައްސަލަތަކުގައި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ، އޮއްބާލާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މިދައުރުގައި ވަރަށް ފާހަގަވާ ކަމަށެވެ. "މިހާރު ފެންމަތިވެފައިވާ އާރްޑީސީގެ ހިޔާނާތުގެ މައްސަލަ އަކީވެސް މިފަދަ އާއްމުކަމެއް. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއް،" ކަމަށް ނަޝީދު ވިދާޅުވިއެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އަދި ޔާސިރަކީ އެއް ރަށަކަށް އުފަން، ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަދި ޔާސިރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މޫކޭގެ ކޮއްކޮއަކާ ކައިވެނިކޮށްފައެވެ. ޔާސިރުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ މޫކޭ އާއި ދެމީހުން ބައިވެރިވެގެން އާރްޑީސީން "ވަގަށް ނެގި" ފައިސާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މޫކޭ ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް