ads
ރީކޯ މޫސައާއި ރައީސް ސާލިހް
ރައީސް ނަޝީދާ ގުޅިއްޖެނަމަ އެމްޑީޕީން ވަކިވާނަން: ރީކޯ މޫސަ
އެމްޑީޕީގެ ރައީސްކަމުން ދާދިފަހުން ވަކިވެ ވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ގުޅިވަޑައިގެންފިނަމަ އެ ޕާޓީން ވަކިވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަޕާސަން އަދި 18 ވަނަ ރައްޔިތުންގެ މަޖުލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމް އިން "ރިޔާސީ ރޭސް 2023" ގެ ނަމުގައި ސީއެންއެމް ޓީވީން ގެނެސްދޭ ޕޮރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ސިޔާސީ ޕާޓީ އަކާއި ގުޅެނީ އޭނާއަށް ފައިދދާތަކެއް ވާތީކަމަށެވެ. 

މޫސަ ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ވެސް ބޮޑުވަޒީރު ކަމަށްވެސް ކުރީގެ ރައީސް ނަޝީދަށް ދެން ވަޑައިނުގެންނެވޭނެ ކަމަށެވެ.

"އަލުން ވަޑައިގަތުމުގެ ފުރުސަތެއް ވެސް ދެން ނެތް. އެ ފުރުސަތު ނަޝީދަށް ދީފިނަމަ ޕާޓީގައި ނުހުންނާނަން،"

މޫސަ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކަމަށެވެ.

ރީކޯ ވިދާޅުވީ ކޮންމެ މީހަކުވެސް ދުނިޔޭގައި އުޅޭއިރު ފުރަތަމަ ވިސްނާނީ އެމީހާގެ އަމިއްލަ ކަންތައްތަކަށް ކަމަށާއި، އެގޮތުން ރީކޯވެސް ވިސްނުން ބެހެއްޓީ އެގޮތަށް ކަމަށެވެ.

ކުރިން އެމްޑީޕީގައި އުޅުއްވުމަށްފަހު ފަހުން އެމްޑީޕީ ތެރޭގައި އުފެދުނު މައްސަލަތަކެއްގެ ސަބަބުން ރީކޯ އެމްޑީޕީން އޭރު ބޭރު ކުރުމުން ޕީޕީއެމް އާއި ގުޅި ރީކޯވަނީ ރައީސް ޔާމީންގެ ދައުރުގައި ރައްޔިތުން މަޖުލީގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ.

" އަޅުގަނޑު އަބަދުވެސް ވިސްނީ އަޅުގަނޑުގެ ސިޔާސީ ކެރިއާ ކުރިއަށް ގެންދެވޭނީ ކިހިނެތްތޯ. އެގޮތަކީ ދެންއޮތް ބޮޑު ޕާޓީ އަކާއި ގުޅިގެން. އެހެންވީމަ އެގޮތަށް ގުޅެނީ." ރީކޯ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ރީކޯ މޫސާ މަނިކު ނުދައްކާ ކަމަށް ވަރަށް ގިނަފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ. 

ނަމަވެސް މޫސަ ވަނީ އޭނަޔާއި ދޭތެރޭ ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފައެވެ. މޫސަ ވިދާޅުވީ މޫސަ އަކީ ދުވަހަކުވެސް ތަނަކުން ވައްކަމެއް ކުރި މީހެއް ނޫން ކަމަށާއި، ކޮރަޕްޝަނެއްގެ ތެރެއަށް ވަންނާނެ މީހެއްނޫން ކަމަށާއި، އަދި ވަދެފައިވެސް އޮތް މީހެއް ނޫން ކަމަށެވެ.

"ސިޔާސީ އެއްވެސްޕާޓީއެގެ އެއްވެސް މީހަކަށް މޭގައި އަތްޖަހާފައި މޫސަ އަށް ވަކި ކަމެއް ކޮށްދިނީމެކޭ ނުބެވޭނެ" މޫސަ

އަދި ދައުލަތުން ގެރެންޓީ ދީގެން ލޯނެއްވެސް ނަގާފައި ނުވާނެ ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ. މޫސަ ފާހަގަ ކުރެއްވީ މޫސައަށް އެކި ނޫސްތަކުންނާއި، އެކީ ފަރާތްތަކުން ފާޑު ކިޔަނީ މޫސަ އަކީ ސިޔާސީ ފަރާތެއް ކަމަށްވާތީ ކަމަށެވެ.



20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް