ads
މެރިޓައިމް ދާއިރާއިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތާއި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އެމްޕީއެލް އާއި އެމްއެންޔޫސީން އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:އެމްޕީއެލް
މެރިޓައިމް ދާއިރާއިން އުނގެނުން ފަހިކުރަން އެމްޕީއެލް އާއި އެމްއެންޔޫސީން އެއްބަސްވުމެއް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް މެރިޓައިމް ދާއިރާއިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތާއި ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ މަގުފަހިކުރުމަށް ނެދަލޭންޑްސް މެރިޓައިމް ޔުނިވާސިޓީ ކޮލެޖް (އެންއެމްޔޫސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެމްޕީއެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އެންއެމްޔޫސީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޗެއާމަން ޑާޓޯ ކެޕްޓަން ރަޒާލި ޔާކޮބްއެވެ.

މި އެއްބަސްވުމުގެ ދަށުން ފައުންޑޭޝަން ޕްރޮގްރާމްތަކުން ފެށިގެން ކޮލެޖް ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތަކާ ހަމައަށް ތައުލީމު ހާސިލުކުރުމުގެ އިތުރުން ކޯޑު އޮޕަރޭޝަނާއި މެރިޓައިމް ދާއިރާގެ އިތުރު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެމްޕީއެލްގެ މުވައްޒަފުންނަށް ލިބޭނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެފައިވަނީ އެއްބަސްވުމުގެ ދަށުން އެމްޕީއެލް އާއި އެންއެމްޔޫސީ ގުޅިގެން ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކުރެވޭ ދިރާސާތަކުގެ އަލީގައި މެރިޓައިމް ދާއިރާ ކުރިއެރުވޭނެ ގޮތްތަކަށް މަސައްކަތް ކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

your imageމެރިޓައިމް ދާއިރާއިން އުނގެނުން ފަހިކުރަން އެމްޕީއެލް އާއި އެމްއެންޔޫސީން އެއްބަސްވުމެއް - ފޮޓޯ:އެމްޕީއެލް

ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުގެ މަސައްކަތްތަކަށް ހޭދަކުރުމަށް ހަމަޖެހިފައިވަނީ ދެ ފަރާތުން ގުޅިގެން ކަމަށާއި ތައުލީމާއި ތަމްރީނުތައް ހެދުމަށް ދާ މުވައްޒަފުންގެ ހަރަދުތައް ބަލަހައްޓާނީ އެ ކުންފުނީގެ ފަރާތުން ކަމަށެވެ.

އެމްޕީއެލް އާއެކު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން އެންއެމްޔޫސީގެ އެގްޒެކެޓިވް ޗެއާމަން ޑާޓޯ ކެޕްޓަން ރަޒާލި ޔާކޮބް ވިދާޅުވި ގޮތުގައި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން މެރިޓައިމް ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައެވެ. ރާއްޖެއަށް އިތުރު ޕޯޓްތައް ބޭނުންވާ ކަމަށާއި ޕޯޓްތަކުގެ އޮޕަރޭޝަންތައް އިތުރަށް ފުރިހަމަކުރުމަކީ ބޭނުންތެރިކަމެއް ކަމެއް ކަމަށް ރަޒާލި ޔާކޮބް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް