ހަތް އަހަރަށް ފަހު ޕީއެސްޖީ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ނިންމާފައިވާ އެމްބާޕޭ ހާމަކުރީ ސޯޝަލް މީޑިއާގައި އާއްމު ކުރި ވީޑިއޯއެއްގައެވެ.
މި ސީޒަނަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ކަން ކުރިންވެސް އޮތީ ޔަގީންވެފައެވެ. އޭރު ކްލަބު ބަދަލުކުރާނެ ކަން ރަސްމީކޮށް އެމްބާޕޭ ހާމަ ނުކުރިނަމަވެސް، އެމްބާޕޭ ބުނަމުން އައީ، ވަގުތު ޖެހެމުން އޭނާގެ ޕްލޭން އާއްމު ކުރާނެ ކަމަށެވެ.
ރިޕޯޓަތައް ބުނާ ގޮތުން އެމްބާޕޭ ބަދަލުވާނީ ސްޕެއިންގެ ރިއާލް މެޑްރިޑަށެވެ. ރެއާލުން މިދިޔަ ދެތިން ހަތަރު ސީޒަންގައިވެސް އެމްބާޕޭ ހޯދުމަށް ކެނޑިނޭޅީ މަސައްކަތް ކުރިއެވެ. އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެކަން ހާމަކޮށްފައިވާއިރު، އޭނާ ކްލަބު ދޫކޮށް މި ދަނީ ކޮންޓްރެކްޓްގެ މުއްދަތު ހަމަކޮށް، ހިލޭ ޓްރާންސްފާގައެވެ.