ads
ކުމުންދޫ ނެެރުމައްޗަށް އުރުނު ބާޖު: ބާޖު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން - ފޮޓޯ:ކުމުންދޫ ކައުންސިލް
ކުމުންދޫ ނެެރުމައްޗަށް އުރުނު ބާޖު ފުންކުރުމުގެ މަސައްކަތް ފަށައިފި: ކައުންސިލް
ހދ. ކުމުންދޫ ނެެރުމައްޗަށް އުރުނު ބާޖު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
Advertisement

ކުމުންދޫ ނެރުމައްޗަށް އުރިފައިވަނީ އެ ރަށު ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ހިލަ ހިފައިގެން ދިިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބާޖެކެވެ.

ކުމުންދޫ ކައުންސިލުގެ މެންބަރު އަލީ އަންވަރު "ސީއެންއެމް" އަށް ވިދާޅުވީ އެ ބާޖު ނެރުމައްޗަށް އުރިފައިވަނީ އިއްޔެ ހަވީރު 4:30 ހާއިރު ކަމަށެވެެ. މި ވަގުތަށް ބާޖު ފުންވާ ގޮތް ވެފައިނުވާ ކަމަށާއި ބާޖު އަދިވެސް އޮތީ އުރިފައި އޮތް ތަނުގައި ކަމަށް އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވެފައިވަނީ ބާޖު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ރަށުގެ ރައްޔިތުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ބޯކޮށް ވާރޭވެހެމުން ދިއުމާއި ކަނޑުގަދަ ވުމާ އެކު ބާޖު ފުންކުރުމުގައި ދަތިތަކެއް ހުރި ކަމަށް އަންވަރު ވިދާޅުވިއެވެ.

ބާޖު ފުންކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ކުމުންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އެޕްރީލު މަހުގެ ތެރޭގައެވެ.

your imageކުމުންދޫ ނެެރުމައްޗަށް އުރުނު ބާޖު: ބާޖު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުން - ފޮޓޯ:ކުމުންދޫ ކައުންސިލް

އެ މަޝްރޫއުގެ ދަށުން ކުމުންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ރަށުގެ އިރުމަތީ ފަރާތުގައި މިހާރު ހުރި 154 މީޓަރުގެ ވާޓަރު މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 100 ފޫޓުގެ ޓީޖެޓީއެއް ގާއިމުކުރުމާއި ރޭމްޕެއް ހެދުމާއި 154 މީޓަރުގެ ޕޭވްމަންޓް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުމުންދޫގެ އުތުރުފަރާތަށް 700 ފޫޓަށް ވާޓަރު އިތުރުކޮށް، ބަނދަރު ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ. މަޝްރޫއުގެ ތެރެއިން 290 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމުގެ މަސައްކަތާއި 40 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 60 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތުގެ އިތުރުން 120 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް ގާއިމު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ސަރަހައްދުގައި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް