މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެރިކަމެއްގައި ގެންގުޅޭނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހުރިހާ ސަރަހައްދަކުން ގޯތި ދެވޭނެ ފަދަ ސިޔާސަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލީ ވަރަށް ދިރާސާކޮށް ވިސްނުމަށްފަހުގައި ކަމަށެވެ. އަދި ވެރިކަމަށް ކުރިމަތިލެއްވީ ބޯހިޔާވަހިކަމުގެ ދާއިރާގެ މަސައްކަތްތެރިއެއްގެ ގޮތުގައި އެކަމުގެ ތަޖުރިބާލިބިހުރެ، އެކަމުން ރައްޔިތުންނަށް ދިމާވެފައިވާ މި ހައްސާސް މައްސަލައަށް ހައްލެއް ހޯދާދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.