ads
ކޮމިއުނިޓީ ސެންޓަރެއް:-
31 ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ކުރިއަށް އެބަދޭ: މިނިސްޓަރު މަހުލޫފް
ރާއްޖޭގެ ކަންކޮޅުތަކުގައި 31 ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތްދަނީ ކުރިއަށް ކަމަށް ޔޫތު މިނިސްޓާ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރައްވަމުންގެންދަވާ ޒަމާނީ ކޮމިއުނިޓީ ސެންޓަރުތަކުގެ ސަބަބުން ޒުވާނުންނާއި ކްލަބް ޖަމިއްޔާތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މަހުލޫފް އިއްޔެ ވެސް ވަނީ ޔޫތް މިނިސްޓްރީއާއި ހަވާލުކޮށްފައިވާ ގިނަ މަސައްކަތްތަކެއް ނިމޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. 

މިގޮތުން ބުދަދުވަހު ޔޫތް މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ ގަލޮޅު ދަނޑާއި އެހެނިހެން ކުޅިވަރު ވަސީލަތްތައް މިދައުރުގައި ފެށިގެން ކުރިއަށްދާނެކަމަށެވެ. 

މަހްލޫފް ވިދާޅުވީ އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، 4 ސިންތެޓިކް ޓްރެކް ( ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި) ، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރަން ޓެންޑާކޮށް ބިޑު ނެގުން މިމަހު 16 ގައި ކުރިއަށް ދާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް