މެޓް އޮފީހުން މިއަދު ހެނދުނުވެސް ރީނދޫ ސަމާލު ވަނީ ނެރެފައެވެ.
އޭގެ ފަހުން މިއަދު އިރުއޮއްސުނު ފަހުން ރ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ވަނީ ސަމާލު ނެރެފައެވެ.
ފަހުން ރީނދޫ ސަމާލުގައި ބުނެފައި ވަނީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.