ads
ފަގީރެއްގެ ގަޔަށް ކުޑަކަމު ދިޔަ މީހާ
ފަގީރެއްގެ ގަޔަށް ކުޑަކަމުދިޔަ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި
މަދްޔަ ޕްރަދޭޝްގެ ފަގީރެއްގެ ގައިގައި ކުޑަކަމުދިޔަ ޕްރަވޭޝް ޝުކްލާ ހައްޔަރުކޮށްފިއެވެ.

އެ ވީޑިއޯ އޮންލައިންކޮށް ފުޅާދާއިރާއެއްގައި ހިއްސާކޮށްފައިވާއިރު، އެ ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ. ޗީފް މިނިސްޓަރު ޝިވްރާޖް ސިންގް ޗޯހާން ވަނީ ޝުކްލާ ހައްޔަރުކޮށް، ގައުމީ ސަލާމަތާ ބެހޭ ހަރުކަށި ގާނޫނު (އެންއެސްއޭ) އަށް ބާރުއެޅުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ. ޝުކްލާ ހައްޔަރުކުރީ އަންގާރަ ދުވަހުގެ ރޭ ދަންވަރުއެވެ. އޭނާގެ މައްސަލަ މިހާރު އަންނަނީ  ތަހުގީގު ކުރަމުންނެވެ.

ޝުކްލާގެ ބައްޕަ ރަމާކަންތް ޝުކްލާ އަކީ ބީޖޭޕީގެ މެމްބަރު ކެދަރްނާތު ޝުކްލާގެ މަންދޫބެއްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން އެ ހާދިސާ ފޮރުވަން މަސައްކަތް ކުރުމުގައި ބީޖޭޕީގެ ބައިވެރިވުން އޮވެދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި ވާހަކައަށް ތާއީދުކުރާ އެއްވެސް ހެއްކެއް ނެތުމުން ބީޖޭޕީން ވަނީ މިކަމުގައި އެ ޕާޓީން ބައިވެރިނުވާނެކަމަށް ބުނެފައެވެ. 

މި ހާދިސާގެ ސަބަބުން އިންޑިއާގައި ޖަޒާތީ ތަފާތުކުރުންތަކުގެ މައްސަލަ ވަނީ އަލުން ފެންމަތިވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް