ފުލުހުން ބުނީ މިރޭ 7:30 ހާއިރު ރަތަފަންދޫ ދަނޑުގައި ރޯކޮށްލިކަމުގެ ރިޕޯޓު ލިބުމުން މިރޭ 8:00 ހާއިރު އަލިފާންގަނޑު ނިވާލި ކަމަށެވެ.
ނަމަވެސް ދެވަނަ ފަހަރަށް ބަޔަކު ވަނީ އެތަނުގައި ރޯކޮށްލާފަ އެވެ. ފުލުހުންނާއި އާއްމުން ކުރި މަސައްކަތުން ދެވަނަ ފަހަރަށް އަލިފާންގަނޑު ނިއްވާލީ 10:00 ގެ ފަހުންނެވެ.
އަލިފާނުގެ ސަބަބުން މީހަކަށް އަދި މުދަލަކަށް ވެސް ގެއްލުމެއް ނުވެ އެވެ. ފުލުހުން ބުނި ގޮތުގައި އެ ހާދިސާ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.