ads
ލަގްޒަރީ ވިލާތަކެއްގެ ތްރީޑީ ކުރެހުމެއް
ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ފްލޯޓިން ވިލާތަކެއް ރާއްޖޭގައި އަޅަނީ
މަހުޖަހުންނަށް ވިއްކަން ރާއްޖޭގައި 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ގެ ފްލޯޓިން އަލްޓްރާ ލަގްޒަރީ ވިލާތަކެއް ކ. ވިލިވަރުގައި ހެދުމަށް ނިންމައިފިއެވެ.
Advertisement

ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފްލޯޓިން އަލްޓްރާ ލަގްޒަރީ ވިލާތަކެއް ހެދުމަށް ރިސޯޓު ކޮންސްޓްރަކްޝަން ދާއިރާގެ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސް (އެޗްއާރްއައިއެމް) އާއި ފިންލެންޑްގެ މޭޔާ ފްލޯޓިން ސޮލިއުޝަނުން ވަނީ ސޮއިކޮށްފައެެވެ.

އެޗްއޭއާރްއައިއެމްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، ކ.ވިލިވަރުގައި އަޅަނީ އެންމެ ލަގްޒަރީ ވިލާތައް ކަމަށާއި އެކަމަށް ބޭނުންވާ ފައިނޭންސް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން ރިސޯޓު ކޮންސްޓްރަކްޝަންގެ ބިޔަ މަސައްކަތްތައް ކުރި އިރު ވެސް، ރާއްޖެއަށް ތަފާތު ކޮންސެޕްޓުތައް ތައާރަފް ކުރަން ބޭނުންވި ކަމަށެވެ. 

އެހެންކަމުން މޭޔާ އާ އެކު ވި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މުޅިން ތަފާތު ޓެކްނޮލޮޖީއެއް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.

ކ. ވިލިވަރުގެ އިތުރުން ބައެއް އެހެން ރަށްތަކުގައި ވެސް މި ކޮންސެޕްޓަށް އަލްޓްރާ ލަގްޒަރީ ވިލާތައް އެޅުމަށް ބަލަމުން އަންނަ ކަމަށް ޖަނާހް ވިދާޅުވިއެވެ. މޭޔާ ފްލޯޓިން ސޮލިއުޝަންސް ގެ ޑިރެކްޓަރު މިކޯ ލަގްޓޯނެން ވިދާޅުވީ މި ވިލާތައް ގަތުމަށް ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް ހުޅުވާލާނެ ކަމަށެވެ.

އެޗްއޭއާރްއައިއެމް އިން ބުނީ އިމާރާތް ކުރުމުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިއިން ވިލާއެއް ނިންމުމަށް ދޮޅު އަހަރު ވަރު ނަގާނެ ކަމަށެވެ. އަދި މި ވިލާތައް 2024 ހިސާބަށް ނިންމާލެވޭނެ ކަމަށް އެކުންފުނިން ބުންނެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް