ads
ޝާހު އިސްމާއިލް އެމްޑީއޭ އަށް ސޮއިކުރައްވަނީ
އެމްޑީއޭ އެސްޖީއަކަށް ފުޓްބޯޅަ ކުޅުންތެރިޔާ ޝާހް އިސްމާއިލް
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޝާހު އިސްމާއީލް އައްޔަންކޮށްފިއެވެ.

ޝާހް އެ މަގާމަށް އައްޔަން ކުރީ އެމްޑީއޭ އިން ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައެވެ. މީގެ ކުރިން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވީ އިސްމާއީލް ސައީދެވެ.

ޝާހް ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އޭގެއިތުރުން އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ވެސް ކުރައްވައިފައެވެ.

އަދި ދިވެހި ޕްރިމިއާ ލީގް (ޑީޕީއެލް)ގެ ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމު ވެސް ފުރުއްވިއެވެ.

އެމްޑީއޭއަކީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމާފައިވާ ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއެވެ. އެމްޑީއޭގެ އިތުރުން ދެން ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ވާދަ ކުރަނީ އަދާލަތު ޕާޓީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް