ހެލްތް މިނިސްޓްރީން ސީއެންއެމް އަށް މިއަދު ބުނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލަކާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ޞިއްޙީ މަރުކަޒަކަށް ހެލްތް މިނިސްޓްރީން ހަވާލުކުރި އައިޓީ ސާމާުނުގެ ތެރެއިން އދ އަތޮޅުގެ ހުރިހާ ރަށަކަށް ފޮނުވި ސާމާނު، ރޭ އަޑިއަށް ދިޔަ ރިކާޑޯ ދޯންޏާއެކު އަޑިއަށް ގޮސްފައިވާކަމަށެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ރޭ ފުރައިގެން ދިޔަ މި ދޯނި އަޑިއަށް ދިޔައިރު ބޯޓުގައި 8 މީހުން ތިއްބެވެ. ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އދ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ދޯނީގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފައެވެ.