ޕީޕީއެމްގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ޔާމީން ޖަލުގައި އޮންނެވިޔަސް އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޔަގީން ކަން ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުންނަށް އޮތް ކަމަށެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ވ. އާރަށް މައްސަލާގައި ހައިކޯޓުގައި މިހާރު ކުރިޔަށް ދާ އިސްތިއުނާފްގެ މައްސަލަ ނިމުމާއި ނުނިމުމަކީ އެމަނިކުފާނު އިންތިހާބަށް ކުރިމަތިލާން އޮތް ހުރަހެއް ނޫނެވެ.
މިގޮތައް އަމަލުކުރާ ސަބަބަކީ ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ނެތުންކަމަށްވެސް އަދުރޭ ބުންޏެވެ.
ޔާމީން އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތެއް މިވަގުތަށް އުނިވެފައިވީ ނަމަވެސް ޕީޕީއެމުން ވަނީ ޔާމީންގެ ރިޔާސީ ކެމްޕެއިން ފަށައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;