ads
ޝާހިދު އަދި ރައީސް ސާލިހް
ރައީސްގެ ނިއުޔޯކް ދަތުރުފުޅުގެ ރަޝީދު ހޯދަން އެދުނު މައްސަލަ ސުޕްރީމް ކޯޓަށް
ރައީސުލްޖުމްހޫރިއްޔާގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ހޯދުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފިއެވެ.

މިއަދު ރައީސް އޮފީހުން ބުނީ ހައިކޯޓުން ނިންމެވި ނިންމެވުން 2 ޖުލައި 2023 ގައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާކަމަށެވެ. 

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ ވަފްދު ނިއުޔޯކަށް ކުރި ދަތުރުގެ ހަރަދު ތަފްސީލާއި ހަރަދު ކުރި ގޮތުގެ ރަސީދުތައް ހޯދަން ރައީސް އޮފީހަށް ހުށަހެޅީ ދިޔަރެސް ނޫހުގެ ފަރާތުން އަހްމަދު އަޒާން އެވެ.

ރައީސް އޮފީހުން ހިއްސާކުރީ ހަރަދު ތަފްސީލް އެވެ. ރަސީދުތަކުގެ ކޮޕީ ހިއްސާކޮށްފައެއް ނުވެ އެވެ.

ދިޔަރެސް ނޫހުން ރަސީދު ތަކުގެ ކޮޕީ ހޯދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ ހަރަދު ތަފްސީލާއި ރަސީދުތަކުގެ ކޮޕީ ހިއްސާކުރަން އަންގާފަ އެވެ.

ރައީސް އޮފީހުން ކުރިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު އދ.ގެ 76 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހާއިި ސަރުކާރުގެ ވަފްދު ކުރެއްވ ދަތުރުގެ ހަރަދަށް ހިިނގީ 5.3 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް