
މިދިޔަ ހަފުތާގެ ތެރޭގައި ފުލުހުން އިންޑިއާއަށް ގޮސް މި އޮޓޮޕްސީ ހެދިކަމަށް މައުލޫމާތު ލިބިފައިވާއިރު، އޮޓޮޕްސީގެ ނަތީޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ވާޗުއަލް އޮޓޮޕްސީއަކީ އާންމުކޮށް ހަދާ އެމްއާރުއައި އާއި ސީޓީ ސްކޭން މެދުވެރިކޮށް މަރުގެ ސަބަބު ދެނެގަތުމަށް ކުރާ ތަހުލީލެކެވެ. ޒަކިއްޔާ ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހު އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ގުދަނެއްގެ ތެރެއަށް ވެއްޓިފައި އޮއްވައެވެ. ފުލުހުން އޭރު އޮޓޮޕްސީ ނުހަދާ ޒަކިއްޔާ ވަޅުލަން ނިންމީ، ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް އޭނާގެ ހަށިގަނޑު ދެއްކުމަށް ފަހު، ދެވަނަ ފަރާތެއްގެ ފުށުން އޭނާއަށް ލިބިފައިވާ ގެއްލުމެއް ފާހަގަކުރެވެން ނެތްކަމަށް ނިންމުމުންނެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން ކުރި ތަހުގީގާ މެދު ހިތްހަމަ ނުޖެހި ހޮޅުދޫގައި މުޒާހަރާތަކެއް ވެސް ކުރިއެވެ. އެރަށު ގިނަ ބަޔަކު ބުނާ ގޮތުގައި ޒަކިއްޔާ އަކީ އަމިއްލައަށް އެފަދަ ކަމެއް ކުރާނެ މީހެއް ނޫނެވެ. އަދި މިކަމުގައި ދެވަނަ މީހެއްގެ އަތެއް ވާނެކަމަށް ޔަގީންކުރެއެވެ. މި މަރާ ގުޅިގެން ޒަކިއްޔާގެ އާއިލާ އާއި ހޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން، އިތުރަށް ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ ނިންމާފައެވެ.