ads
އެސްޑީއެފްސީގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމަށް ފާތިމަތު ލަމްހާ އައްޔަނުކުރެއްވުން - ފޮޓޯ:ޕީސީބީ
އެސްޑީއެފްސީގެ ބޯޑުގެ އެގްޒެކެޓިވް މެންބަރަކަށް ލަމްހާ އައްޔަންކޮށްފި
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް ފާތިމަތު ލަމްހާ އައްޔަންކޮށްފިއެވެ.
Advertisement

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް ސ. ފޭދޫ، އާފަރު، ފާތިމަތު ލަމްހާ އިއްޔެ އައްޔަންކޮށްފައިވާކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ޕީސީބީން ބުނެފައިވަނީ އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް ފާތިމަތު ލަމްހާ އައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

ޕީސީބީން ބުނީ ފާތިމަތު ލަމްހާއަށް އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް އައްޔަނުކުރިކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ލަމްހާ މަގާމަށް އައްޔަނުކުރިކަމުގެ ލިޔުން ހަވާލުކުރެއްވީ ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒު ކަމަށް އެ ބޯޑުން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ޕީސީބީން ވަނީ އެ ބޯޑުގެ ގާނޫނާއި ކޯޕަރޭޓް ގަވަނަންސް ކޯޑާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާ، އެ ބޯޑުން ކުރިއަށް ގެންދިޔަ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފައިނޭންޝަލް އަދި ގަވަނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ހިއްސާކޮށް އެކަންކަން އިސްލާހުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާފައި ކަމަށް ޕީސީބީން ބުނެއެވެ.

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ފާތިމަތު ލަމްހާ ވަނީ 2019 ވަނަ އަހަރު މެލޭޝިއާގެ ޔޫސީއެސްއައި ޔުނިވާސިޓީން ޓެކްނޯޕްރޮނޯޝިޕްއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައި ކަމަށް ޕީސީބީން ބުނެއެވެ. ޕީސީބީން ބުނި ގޮތުގައި ލަމްހާ ވަނީ 2010 ވަނަ އަހަރު އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން ބެޗްލާ އޮފް ސައިންސް އިން އެޕްލައިޑްް އެކައުންޓިން ހާސިލްކުރައްވާފައި ކަމުގައެވެ. އޭގެ އިތުރުން ލަމްހާ ވަނީ އޭސީސީއޭގެ ޕާޓް 2 ވެސް ފުރިހަމަ ކުރައްވާފައި ކަމަށް އެ ބޯޑުން ބުނެއެވެ.

ޕީސީބީން ބުނެފައިވަނީ ލަމްހާ ވަނީ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގައި އެކި ދުވަސްވަރު މެނޭޖްމަންޓް ލެވެލްގެ މަގާމުތައް ފުރިހަމަކުރައްވާފައި ކަމަށެވެ. އެގޮތުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމާއި ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ހެޑް އޮފް ބިޒްްނަސް ޑިވެލޮޕްމަންޓްގެ މަގާމާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ސީނިއާ އޮފިސަރުގެ މަގާމާއި އެފްޖޭއެސް އެސޯސިއޭޓްސްގެ އޮޑިޓް ސްޕަވައިޒަރުގެ މަގާމުގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގަައި ލަމްހާ ވަނީ މަސައްކަތް ކުރައްވާ ތަޖުރިބާ ހޯއްދަވާފައި ކަމަށް ޕީސީބީން ބުނެއެވެ.

ޕީސީބީން ބުނި ގޮތުގައި ލަމްހާ ވަނީ އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން އެގްޒެކެޓިވް މެންބަރުގެ މަގާމު އަދާކުރައްވާފައި ކަމުގައެވެ. ލަމްހާ މިހާރު ހުންނެވީ އެސްޑީއެފްސީގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގައި ކަމަށް ޕީސީބީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް