މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރުއްވައިފައި ވަނީ، ހއ. އަތޮޅުން ފެށިގެން ބ އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށެވެ. އެ ސަރަހައްދަށް އެލާޓް ނެރުއްޓައިފައިވަނީ ދަންވަރު 1:00 އިން ހެނދުނު 7:00 އަށެވެ.
މެޓް އޮފީހުން ވަނީ، އެލާޓްގެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައިވެއެވެ.