އެގޮތުން ސުޕްރީމް ކޯޓުން އާންމު ކުރަން ފަށާފައިވަނީ 2008 ވަަނ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ދެމެދުގެ ޝަރީއަތްތަކުގެ އޯޑިއޯތަކެވެ.
ސުޕްރީމް ކޯޓުގައި ބާއްވާ ޝަރިއަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައްވައިގެން ބާއްވަވާ ޝަރީޢަތްތައް ލައިވްކުރަން ފައްޓަވާފައިވަނީ 2020ވަނަ އަހަރުއެވެ.
އާއްމުކުރަމުން ފެށީ އާއްމުކޮށް ހުޅުއްވާލައްވައިގެން ކުރިއަށްގެންދަވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯތަކެވެ. މީގެ ކުރިން ސުޕްރީމް ކޯޓުގައި ހިންގި ޝަރީއަތްތައް އާންމުކޮށް ހުޅުވާލާފައި އޮތް ނަމަވެސް، އޭގެ އޯޑިއޯ ނުވަތަ ވޯޑިއޯ އޮތީ އެ ކޯޓުގައި 'ސިއްރުކޮށް' ހިފަހައްޓާފައެވެ.
މިއީ ސުޕްރީމްކޯޓުގެ ޓްރާންސްޕޭރަންސީ ރަނަގަޅުވަމުން އަންނަކަމުގެ ނިޝާނެކެވެ.
އެގޮތުން ސުޕްރީމް ކޯޓުން 2008 ވަނަ އަހަރުން ފެށިގެން އެ ކޯޓުގައި އާއްމުކޮށް ހުޅުވާލައިގެން ބާއްވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލްތައް އަޕްލޯޓުކުރަމުން ގެންދަނީ އެ ކޯޓުގެ ޔޫޓިއުބް ޗެނަލަށެވެ.
މިހާރު، 2008، 2009 އަދި 2010 ވަނަ އަހަރު ހިންގަވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ޔޫޓިއުބް އަށް ވަނީ އަޕްލޯޑުކޮށްފައެވެ.
މިހާރު ކުރަމުން އަންނަނީ 2011 އިން ފެށިގެން 2020 ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް އާއްމުކޮށް ހުޅުވާލައްވައިގެން ހިންގަވާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ޔޫޓިބު ޗެނަލްގައި އަޕްލޯޑު ކުރުމުގެ މަސައްކަތްތައް ކަމަށް ވެސް މި ރާއްޖޭގެ އެންމެ އިސް ކޯޓުން ބުންޏެވެ.