އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، 2678 މީޓަރުގެ 10 މަގެއް ތަރައްގީ ކުރާނެކަމަށެވެ. އަދި މިއީ 56.11 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް އެމްޓީސީސީން ބުނެއެވެ.
އުކުޅަހުގައި 4193 އަަކަ މީޓަރުގެ ހިނގާ ސަރަހައްދަކާއި، 14,452 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.
މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.