ads
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން: ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި - ފޮޓޯ:އެމްޕީއެލް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
Advertisement

އެމްޕީއެލުން ބުނެފައިވަނީ އެ ކުންފުނީގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން 200 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބުނު ކަމަށެވެ. އެއީ މިދިޔަ އަހަރު ބޭއްވި ޕްރޮގްރާމަށް ލިބުނު ތަރުހީބަށްވުރެ ބޮޑު ތަރުހީބަކަށް ވުމާ އެކު، ބައެއް ދާއިރާތަކަށް އެ ކުންފުނިން ކަނޑައެޅި ޖާގަތައް އިތުރުކުރި ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނީ މި އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގައި އަމަލީ ހުނަރުތައް ދަސްކޮށްދީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. މި އަހަރުގެ ޕްރޮގްރާމަށް އެ ކުންފުނިން ވަނީ 18 ދަރިވަރަކު ހޮވާފައެވެ.

އެމްޕީއެލުން ބުނި ގޮތުގައި މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމް އާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުވުން ކަމުގައެވެ. އޭގެ އިތުރުން އެ ޕޯޓުގައި ކުރާ މަސައްކަތްތަކާ މެދު ދަރިވަރުން އަހުލުވެރިކުރުމަކީ ވެސް މި ފަދަ ޕްރޮގްރާމެއްގެ އެއް ބޭނުން ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގައި ހިމެނޭ ދާއިރާތައް:

  • މެކޭނިކަލް އިންޖިނިއަރިން
  • ސިވިލް އިންޖިނިއަރިން
  • މެރިން އިންޖިނިއަރިން
  • އިލެކްޓްރިކަލް އިންޖިނިއަރިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ބިޒްނަސް ޑިވެލޮޕްމަންޓް
  • މާކެޓިން

your imageއެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމް - ފޮޓޯ:އެމްޕީއެލް

އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ހިންގާ މި އިންޓާންޝިޕް ޕްރޮގްރާމް ފަށާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. އެ ކުންފުނިން ބުނެފައިވަނީ މި ޕްރޮގްރާމް އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

އެމްޕީއެލުން ބުނި ގޮތުގައި މި ޕްރޮގްރާމުގައި ދަރިވަރުން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދަމުންދާއިރު، ކޮންމެ ކުއްޖަކަށްވެސް މެންޓާއެއް ހަމަޖައްސާނެ ކަމުގައެވެ. މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާ މުވައްޒަފުކަމަށް އެ ކުންފުނިން ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް