ads
ސްވިޑަން
ކީރިތި ޤުރުއާން އެންދި މައްސަލާގައި އދގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
ސްވިޑްންގެ މީހަކު ކީރިތި ޤުރުއާން އަންދާލި މައްސަލާގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

މުސްލިމުންގެ އެންމެ އުފާވެރި އެއްދުވަސް ކަމަށްވާ އަޟްހާ އީދާއި ދިމާކޮށް ސްވިޑްންގައި މިއަމަލު ހިންގާފައިވަނީ އިރާގު ދަރިކޮޅަށް ނިސްބަތްވާ ކުރިން މުސްލިމެއްގެ ގޮތުގައި ހުރި އަދި މިހާރު ދީނެއް ގަބޫލުނުކުރާ އުމުރުން 37 އަހަރުގެ ސަލްވާން މޮމިކާ ކިޔާ، ސްވިޑްންގައި ހިޖުރަކޮށްގެން އެގައުމުގައި އުޅެމުން އަންނަ ރައްޔިތެކެވެ.

އޭނާ އެ އިހާނާތުގެ އަމަލު ހިންގާފައިވަނީ ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގެ މިސްކިތުގެ ކުރިމަތީގައި ފުލުހުންގެ ހިމާޔަތް ލިބިގެން ހުރެ އެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލުން ބުނެފައިވަނީ ކީރިތި ޤުރުއާން އަންދައި އިހާނާތްތެރިވި މައްސަލަ ބެލުމަށް ވަރަށް އަވަހަށް އެ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ޖެނީވާގައި ހުންނަ އދގެ ހިއުމަން ރައިޓްސް ކައުންސިލުން ބުނެފައިވަނީ މި މަހުގެ 11 ވަނަ ދުވަހަށް އެ މައްސަލަ ކައުންސިލްގެ އެޖެންޑާގައި ހިމަނާފައިވާ ކަމަށެވެ.

އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ ހުރުމަތްތެރިވެގެންވާ ދީނީ ކަންކަމާއި ދެކޮޅަށް ގަސްތުގައި ރާވައިގެން ހިންގާ ނަފްރަތުގެ އަމަލުގެ ސަބަބުން ޔޫރަޕްގެ ބައެއް ގައުމުތަކުގަ އާއި އަދި އެހެނިހެން ބައެއް ގައުމުތަކުގައިވެސް ކީރިތި ޤުރުއާނަށް އިހާނާތްތެރި ވަމުންދާ އަމަލުތައް ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ކައުންސިލުން ގޮތްތަކެއް ކަނޑައެޅުމަށް މިހާރު ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް