ads
ރައީސް ސާލިހް
އެންމެ ރީތީ ކޮން ޝިޔާރެއް؟
ރިޔާސީ އިންތިހާބަށް ބާކީ އޮތީ ގާތްގަނޑަކަށް ދެ މަސް ދުވަހެވެ. މާ ފޯރީގައި އަދި ކެމްޕެއިން ކުރިއަށް ނުދިޔައެއް ކަމަކު މިހާރު ދެން މިދަނީ ކުލަ ޖެހެމުންނެވެ. ބައެއް ޕާޓީތަކުން ދުވަހެއް ދުވަހަކަށް ވުރެ ވަރުގަދަ ކުރަނީއެވެ.
Advertisement

މިހާތަނަށް ފެންނަ ފެނުމުގައި ރިޔާސީ އިންތިހާބުގައި މައި ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓުން ތިބޭނެއެވެ. ވެރިކަންކުރާ އެމްޑީޕީ އަދި މިހާރު އިދިކޮޅުގައި އަޑުގަދަ ކުރަމުންދާ ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދި އެމްއެންޕީގެ ކެންޑިޑޭޓަކު ހުންނާނެ ކަން ކަށަވަރެވެ. 

މީގެ ތެރޭގައި އަލަށް ރަޖިސްޓްރީކޮށްފައިވާ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓަކު ނުހުންނާނެއެކޭ ނުބުނެވޭނެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކު ވެސް ހުރެދާނެއެވެ. 

ކޮންމެ އަކަސް އިހަށް ކެންޑިޑޭޓުންގެ ވާހަކަ ބާއްވަމާ ހިނގާށެވެ. 

ކެމްޕެއިންއަކީ ވަރަށް ޗާލު ކަމެކެވެ. ރީތީ ކުލަތަކުން ދިދަ ފޮތިދަމާ ރީތި ރާގުރާގަށް ލަވަ ހަދައި ކިޔައި އުޅޭނެކަން އެއީ އަހަރުމެންނަށް ފެނިފައި ހުރި ކަންކަމެވެ. 

ހަނދާނަށް ގެންނަމާ ހިނގާށެވެ. 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އޭރުގެ ވެރިކަން ބަދަލު ކުރުމަށް ބޭނުން ކުރި އެންމެ ބޮޑު ހަތިޔާރަކީ އޭރު އެމްޑީޕީން ގެންގުޅުނު " އަނެއް ދިވެހިރާއްޖެ" މި ސްލޯގަން ނުވަތަ ޝިޔާރެވެ. 

މުޅި ރާއްޖޭގައި ވައިގައި ހިފައި، ބޮޑު ކެމްޕޭނެއް ނިންމާލީ ވަތަން އެދޭގޮތަށް ކިޔައިގެންނެވެ. މި ދެންނެވުނީ ކުޑަގޮތަކަށް ކެމްޕެއިނެއްގައި ބޭނުންކުރާ ސްލޯގަންނަކުން ކެމްޕެއިންއެއް ފޯރިހިފައި ގޮސްދާނެކަމެވެ. 

ރިޔާސީ އިންތިހާބަށް 60 ވަރަކަށް ދުވަސް އޮތްއިރު ގިނަ ޕާޓީތަކުން ސްލޯގަންހަދައި މީޑިއާގައި ދަނީ ދައުރު ކުރުވަމުންނެވެ.

ކުރުގޮތަކަށް ނަމަވެސް މި ފާހަގަ ކޮށްލަނީ މިހާރު ފާޅުވެފައިހުރި ސްލޯގަން ތަކަށެެވެ. 

ވެރިކަންކުރާ އެމްޑީޕީގެ ސްލޯގަންއަކީ " އުފާވެރި އަމާން ރާއްޖެ" އެވެ. 

ކެމްޕެއިން ލޯގޯގައި ރަމްޒު ކޮށްދެނީ ރާއްޖޭގެ ރަށްތަކެވެ. ވަށައިގެން ރާއްޖޭގެ ޗާޓު އޮތްއިރު، މެދުގައި ވަނީ "އުފާވެރި އަމާން ރާއްޖެ" ޖަހާފައެވެ. މިއީ މިފަހަރުގެ ކެމްޕެއިންގައި ރައީސް ޞާލިހުގެ ރަސްމީކޮށް ގެންގުޅުއްވާނެ ޝިއާރެވެ. 

އިދިކޮޅު ޕީޕީއެމްގެ ސްލޯގަން އަކީ " ދިވެހިންގެ ރާއްޖެ"އެވެ. 

އެ ޝިޔާރުން ދޭހަކޮށްދެނީ ދިވެހިންގެ އެއްބައިވަންތަ ކަމާއި ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ކަމަށް އިދިކޮޅުން ބުނެއެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕެއިންގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޯގަންއަކީ " ހާސް ކަނޑާލާ، ހަމަޖެހޭނެ، ކުރިއަށް ދިވެހި ޤައުމު" އެވެ. 

ޖުމްހޫރީ ޕާޓީއަކީ ފެހި ޤާނޫނު އަސާސީއަށްފަހު ރާއްޖޭގައި އުފެދުނު ކޮންމެ ވެރިކަމަކަށް އެއްބާރުލުން ދެމުން އައި ޕާޓީއެއް ކަމަށާއި، ރާއްޖޭގައި ތިންވަނައަށް އެންމެ މީހުން ގިނަ ޕާޓީއަށް ވެފައި، ތަޖުރިބާކާރުން ގިނަ ޕާޓީއަކަށް ވުމުން، މިފަހަރަކީ ޖޭޕީގެ ފަހަރުކަމުގައި ހައްދަވާ އެ ޕާޓީއަށް ރައްޔިތުން އިތުބާރުކުރެއްވުމަށް ވެސް ޤާސިމް ވަނީ އެދިވަޑައިގަންނަވާފަ އެވެ. 

އެމްއެންޕީގެ ސްލޯގަންއަކީ " އުޖާލާ ޒަމާން" އެވެ. 

އެމްއެންޕީގެ އުޖާލާ ޒަމާން ޝިއާރު ބެހިގެންވަނީ މައިގަނޑު ގޮތެއްގައި ނުވަ ކަމެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާމީ ވަހުދަތް، އުފާވެރި ޒުވާނާ، ބާއްޖަވެރި އާއިލާ، ފަންނީ ޖީލު، ބަދަހި އިގްތިސާދު، ސަލާމަތްތެރިކަން ކަށަވަރު، އަދުލު އިންސާފު، ނަޒާހަތްތެރި ވެރިކަން ހިމެނެ އެވެ. މި ސްލޯގަން އާއި އެކު އެޕާޓީން ގެންދަވަނީ ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ. 

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކޮށްފައިވާ އުމަރު ނަސީރުގެ ކެމްޕެއިން ސްލޯގަންއަކީ " އާމިސްރާބަކަށް" އެވެ. 

" އަމާންކަމާ އަމާނާތްތެރިކަމާ އަދުލުވެރިކަމާއެކު އިސްލާމީ އުސޫލުތައް ޤާއިމުކޮށް ޤާނޫނު ތަންފީޒު ކުރަންކެރޭނެ" މި މާނާގައި އުމަރު ވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. 

މިހާހިސާބުން މި ދޫކޮށްލަނީ ކިޔުންތެރިންގެ އަތްމައްޗަށެވެ. ރީތި ސްލޯގަންއެއް އިހްތިޔާރުކުރާނީ އަމިއްލައަށެވެ. ނަމަވެސް ދަންނަންޖެހޭ އެންމެ މުހިންމު ކަމަކީ މިއީ އެއްމެންގެވެސް ރާއްޖެކަމެވެ. އަމިއްލަ ސިޔާސީ ޕާޓީގެ ސްލޯގަންއަކީ ހަމައެކަނި ކެމްޕެއިން ސްލޯގަންއަށް ހަދާށެވެ. 

 

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް