މުސާރައާއި ސާވިސް ޗާޖު ކަނޑައަޅާނީ މިނިސްޓަރެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Advertisement
މުސާރައާއި ސާވިސް ޗާޖު ކަނޑައަޅާނީ މިނިސްޓަރެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ގާބީލް އަދި ހިންގުންތެރި ވަޒީރެއް ކަމަށް ވިދާޅުވެ ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ ކަމުގައިވީނަމަވެސް އަދި މުވައްޒަފުންނާއި ގުޅޭ ކަމެއްވިޔަސް އެކަމެއް ކުރަންވާނީ ގާނޫނީ ގޮތުން ކުރެވެން އޮތް ގޮތަކަށް ކަމަށެވެ.
އަދި މުސާރައާއި ސާވިސް ކަންޑައަޅާނީ މިނިސްޓަރު ނޫން ކަމަށް ގާސިމް ކުރެއްވި ޓްވީޓުގައިވެއެވެ. ގާސިމް މިފަދައިން ޓްވީޓު ކުރެއްވީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް އަލީ ވަހީދު ވިދާޅުވުމުން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އޭނާއަށް އަމާޒުވުމުން އެކަމަށް މައާފަށް އެދިވަޑައިގެންފައިވާ ވަގުތެއްގައެވެ.
އަލީ ވަހީދު ދެއްކި ވާހަކަތައް މިނިސްޓްރީން ސާފުކޮށްދީފައިވާއިރު އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ބައެއްފަހަރު "މެއިން ސްޓްރީމް" ވެގެން އަންނަނީ ރިސޯޓުން ކަނޑާލާ މީހާ ދައްކާ ވާހަކަ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި ރިސޯޓުތަކުގައި ހުރި ޝަކުވާތައް ވެސް ގިނަފަހަރު ޓްވީޓު ކޮށްފައި ހުންނަނީ ވެސް ވަގު އެކައުންޓުތަކުން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ގިނަ ފާޑުކިޔުންތަކެއް އަލީ ވަހީދަށް އަމާޒުވެފައިވާއިރު އޭނާގެ ދިފާއުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޓްވީޓު ކުރައްވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ މިނިމަމްވޭޖްއާއި ސާވިސް ޗާޖު މައްސަލަ އަލީ ވަހީދަށް ހައްލު ކުރެވޭނެ ކަމަށެވެ.