ads
ބުރުގާ އަޅައިގެން ބަހަށް އަރައި އިން މީހާ
ކަރްނާޓަކާ ބަހެއްގައި ބުރުގާ އަޅައިގެން އިން ފިރިހެނެއް ހައްޔަރުކޮށްފި
އިންޑިއާގެ ކަރްނާޓަކާގައި ހިލޭ ބަސް ގޮނޑިއެއް ހޯދުމަށް ބުރުގާ އަޅައިގެން އުޅުނު ހިންދޫ ފިރިހެއް އިންޑިއާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ކަރްނާޓަކާ ސަރުކާރުން ދާދި ފަހުން ވަނީ އަންހެނުންނަށް ހިލޭ ބަހުގެ ހިދުމަތް ދޭ "ޝަކްޓީ ޔޯޖަނާ" ކިޔާ ޕްރޮގްރާމެއް ފަށާފައެވެ. 

ވީރާބަދްރައިއާ މަތަޕަތީ ކިޔާ އެ މީހާ ފެނިފައިވަނީ ދަރުވާދު ޑިސްޓްރިކްޓްގެ ބަސް ސްޓޮޕެއްގައި ބުރުގާ އަޅައިގެން އުޅެނިކޮށެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓުކުރި މީހުން ބުނީ އޭނާ މަސައްކަތް ކުރަނީ އަންހެނަކަށް ހެދިގެން އެ ސްކީމްގެ ފައިދާ ނަގަން ކަމަށެވެ. ފަހުން މަތަޕަތީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގައި ގިނަ ބަޔަކު ވަނީ މަތަޕަތީއާ މެދު ސަރުކާރުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި ބައެއް މީހުން ވަނީ "ޝަކްތީ ޔޯޖަނާ" އާ މެދު ސުވާލު އުފައްދައި، އެއީ ފިރިހެނުންނަށް އިންސާފުވެރި ޕްރޮގްރާމެއް ނޫންކަމަށް ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް