ads
މިނިސްޓަރު އަސްލަމް މަޖިލީހުގައި: ފޮޓޯ މަޖިލިސް
ބޯހިޔާވަހިކަމުގެ މަޝްރޫތަކުގައި މުއްސަދިންނާއި ފަގީރުން ވެސް ހިމެނޭނެ: މިނިސްޓާ އަސްލަމް
ބޯހިޔާވަހިކަމުގެ މަޝްހޫތަކުގައި މުއްސަދިންނާއި ފަގީރުންވެސް ހިމެނޭނެކަމަށް މިނިސްޓްރާ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަފްލާއެއް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރިއަލް އެސްޓޭޓް އުސޫލުގެ ދަށުން ފްލެޓްތައް ވިއްކާ ގޮތަށް ހިންގާ މަޝްރޫއޫތަކަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫއުތަކެއްކަމަށެވެ.

"އަދި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ވަކި ފަންތިއެއްގެ ބަދަލުގައި އެންމެ ނިކަމެތި މީހާއިން ފެށިގެން އެންމެ މުއްސަނދި މީހާއަށްވެސް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް،" ހައުސިން މިނިސްޓަރު އަސްލަމް ބުރާސްފަތި ދުވަހު ވިދާޅުވިއެވެ.



މިނިސްޓާ ވިދާޅުވީ ހުރިހާ ފަންތިއަކަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުންދާކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދުމަށް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. 

މިނިސްޓާ މިހެން ވިދާޅުވެފައި މިވަނީ ބިންވެރިއާ ސްކީމުގެ ދަށުން މުއްސަދިންނަށް ވެސް ގޯތި ދިންކަމަށް ބުނެ ބައެއް މީހުން ޝަކުވާކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެ މައްސަލައިގައި މިނިސްޓަރު ވިދާޅުވެފައިވަނީ "ކޮންމެ މީހަކު ވެސް ޝަރުތުހަމަވާ ނަމަ ގޯތި ލިބޭނެ،" ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް