މިއީ ސްޓްރީމިން ސާވިސްތަކުގައި އާންމުކޮށް ދިމާވާ ކަމެއް ކަމަށާއި، ގިނަ ފަހަރަށް ކޮންޓެންޓް އޯނަރުންނާ އެކު ލައިސަންސިން އެގްރީމަންޓްތައް ގަވާއިދުން އަލުން ނިންމަން ޖެހޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
"ހަންޓާ އެކްސް ހަންޓާ" ގެ ހާލަތުގައި ނެޓްފްލިކްސް އާއި ޝޯގެ ވެރިކޮމްޕެނީ "މެޑްހައުސް" އާ ދެމެދު ވެފައިވާ ލައިސަންސް އެއްބަސްވުމުގެ މުއްދަތު ހަމަވީ މި ފެށުނު ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.
ކުރިއަށް އޮތްތަނުގައި ހަންޓާ އެކްސް ހަންޓާ ނެޓްފްލިކްސް އަށް އެނބުރި އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ނެޓްފްލިކްސް އާއި "މެޑްހައުސް" އަށް އާ ލައިސަންސް އެއްބަސްވުމަކަށް އާދެވިއްޖެ ނަމައެވެ. ނަމަވެސް މިކަން ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނެތެވެ.